Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސުކޫލު

ދަރިވަރުންނަށް އަމާޒުކޮށްގެން "އޯޝަން އެކްސްޕްލޯރަރސް" ގެ ނަމުގައި ޚާއްސަ އިވެންޓެއް

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޕްރޮގްރާމްތަކުގެ ތެރެއިން ކ.މަނިޔަފުށީގައި ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން "އޯޝަން އެކްސްޕްލޯރަރސް" ގެ ނަމުގައިި ޚާއްސަ އިވެންޓެއް މިއަދު ފަށައިފިއެވެ.

މި އިވެންޓަކީ މަސްވެރިކަމުގެ ދާއިރާއިންނާއި، ކަނޑުތަކުގެ މާހައުލީ ނިޒާމުތަކުގެ ދާއިރާއިން މިހާރު ކުރަމުންދާ ދިރާސާ މަސައްކަތްތަކަށް ސްކޫލުތަކުގެ މެރިން ސައިންސް ކިޔަވާ ދަރިވަރުން އަހުލުވެރިކުރުވައި، މި ދާއިރާއަށް ދަރިވަރުންގެ ހިތްތަކުގައި ޝައުޤުވެރިކަން އުފެއްދުމުގެ މަގުސަދުގައި ކުރިއަށްގެންދާ އިވެންޓެކެވެ.

ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި އިވެންޓް އަމާޒުކުރެވިފައިވަނީ ގްރޭޑް 8، 9، 10 ގެ މެރިން ސައިންސް ކިޔަވަމުންދާ ދަރިވަރުންނަށެވެ. އަދި މަނިޔަފުށި ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ބާއްވާ އެއްދުވަހުގެ މި ހަރަކާތުގައި އިމާދުއްދީން ސްކޫލާއި، ޖަމާލުއްދީން ސްކޫލު އަދި ޣާޒީ ސްކޫލުން ޖުމުލަ 45 ދަރިވަރުން ބައިވެރިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މި އިވެންޓުގައި ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފުކޮށް ތަރައްގީކުރުމަށްޓަކައި މަނިޔަފުށީގައި ކުރެވޭ ތަފާތު މަސައްކަތްތައް ދަރިވަރުންނާއި ހިއްސާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މަސްވެރިކަމާއި ފަރުތަކުގެ ދިރާސާތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަށް، ކުދިން ޝައުޤުވެރިވާފަދަ އަމަލީ ހަރަކާތްތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އިވެންޓް ހިނގަމުންދާ ވަގުތު މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙުމަދު ޝިޔާމް އެ ރަށަށް ޒިޔާރަތްކުރައްވައި ދަރިވަރުންނާއި ބައްދަލުކުރައްވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ލިއުމާއި ގުޅޭ