Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހަމަނުޖެހުން

އައްޑޫގައި މާރާމާރީތަކުގައި ބޭނުންކުރަން ފޮރުވާފައިހުރި ހަތިޔާރުތަކެއް ހޯދައިފި

އައްޑޫ ސިޓީ ހިތަދޫއިން ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުންކުރާ އެހެނިހެން ތަކެތި ފޮރުވާފައިި ހުއްޓާ ހޯދައިފިއެވެ.

ފުލުހުން ބުނީ ގްރޫޕު ހަދައިގެން އެއްވެ އުޅޭ އުސްގަނޑު ބީޗު ސަރަހައްދު ބަލައި ފާސްކޮށް ހޯދި ތަކެތީގެ ތެރޭގައި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރިކަމަށް ބެލެވޭ ތޫނު ހަތިޔާރު، މޫނު ނިވާކުރުމަށް ބޭނުންކުރާ މާސްކު، އަންގި، އަންނައުނު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނޭ ކަމަށެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަން، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް، ސްޕެޝަލިސްޓް އޮޕަރޭޝަންސް އަދި އިންޓެލިޖެންސް ގުޅިގެން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މި އޮޕަރޭޝަނުގައި މި ތަކެތި ހޯދާފައިވަނީ އުސްގަނޑު ބީޗުގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އައްޑޫގައި މި މަހުގެ އެއްވަނަ ދުވަހާއި ތިންވަނަ ދުވަހު ހިންގި ގްރޫޕު މާރާމާރީތަކާ ގުޅިގެން، ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ތުހުމަތުކުރެވޭ ގޮތަށް ގްރޫޕު ހަދައިގެން އެއްވެތިބޭ މީހުން ބަލައި ފާސްކުރުމާއި އާންމުކޮށް މީހުން އެއްވާ ތަންތަނާއި ގޭބިސީތައް ބަލައި ފާސްކުރަމުންދާ ކަމަށެވެ.

ހިތަދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީތަކުގައި މިހާތަނަށް 12 މީހުން ހައްޔަރުކޮށްފައިވާއިރުު އޭގެތެރެއިން އެކަކު ވަނީ ދޫކޮށްލައިފައެވެ. ދެން ތިބި މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މި ލިއުމާއި ގުޅޭ