Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

ޕީއެންސީގެ ރަޖިސްޓްރާ އަފޫ, ކެނދިކުޅުދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރައްވަނީ

ކުރިޔަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާާކަން ޕީއެންސީގެ ރަޖިސްޓްރާ މުޙައްމަދު އަފޫ ޙާމިދު ހާމަކުރައްވައިފިއެވެ.

އަފޫ މިކަން ހާމަކުރެއްވީ ރޭ ދަންވަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެެއްގައެވެ.

އަފޫ ވިދާޅުވީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވީ ދާއިރާގެ ވަކި ރަށެއް ތަފާތުކުރުމެއްނެތި އެ ރަށެއްގެ ރައްޔިތުން އެދޭ ގޮތަށް ތަރައްގީއާއި ތަހުޒީބާއި ތަމައްދުން، ހަގީގީ މާނައިގައި ހާސިލުކޮށްދިނުމުގެ ސާފު ނިޔަތާއެކު ކަމަށެވެ.

''ކެނދިކުޅޫދޫ ދާއިރާގެ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ އަޒުމުގައި، ދާއިރާގެ ރައްޔިތުންގެ ލޯތްބާއި އިހުތިރާމާއިއެކު ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރުމަށް އެދި ހުށަހަޅަންޖެހޭ ފޯމް ނ.ކެނދިކުޅުދޫގެ ހިތްގައިމު ކުޅި ސަރަހައްދުން ޕްރިންސިޕަލް ސެކްރެޓްރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާޙިމް އަދި މިނިސްޓަރ އޮފް ސްޕޯރޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޑރ. އަބްދުﷲ ރާފިއު އާ ހަވާލު ކޮށްފީމެވެ.'' އަފޫގެ ޕޯސްޓުގައިވެއެވެ.

އަފޫ ވަނީ ކެނދިކުޅުދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީ އެންމެހާ މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ. މި ދާއިރާގައި ހިމެނެނީ ކެނދިކުޅުދުއާއި ހެނބަދުއާއި ކުޑަފަރިއާއި މާޅެންދުއެވެ.
މި ލިއުމާއި ގުޅޭ