Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްވެރިން

މަސްވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުވަން މަސްވެރިންގެ ގުންޒަރު ފަށައިފި

މަސްވެރިންނާއި އެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ޚާއްޞަ ގުންޒަރެއް ފަށައިފިއެވެ.

މާދަމާ ފާހަގަކުރާ މަސްވެރިކަމުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެ ވުޒާރާއިން ބާއްވާ މިގުންޒަރު އިފްތިތާހުކޮށްދެއްވީ ވަޒީރު އަޙްމަދު ޝިޔާމެވެ. މި ގުންޒަރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 40 މަސްވެރިން ބައިވެރިވެއެވެ.

މިއަދު ހެނދުނު 9:00 ގައި ފެށި މަސްވެރިންގެ ގުންޒަރު މިއަދު ހަވީރު 17:00 ގެ ނިޔަލަށް ކުރިއަށްދާނެ ކަމުގައިވެސް އެވުޒާރާއިން ބުނެފައިވެއެވެ.

މަސްވެރިންގެ އިތުރަށް މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެހެނިހެން ފަރާތްތަކުގެ ބައިވެރިވުމާއެކު ބާއްވާ މި ގުންޒަރުގައި، މަސްވެރިކަމުގެ ސިނާއަތުގައި އެކި ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، މަސްވެރިންނާއި އެ ސިނާއަތުގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުވާނެކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި މި ގުންޒަރުގައި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ކުންފުނިތަކުން މަސް ގަންނަ އަގު ކަނޑައެޅުމުގައި ބަލާ ކަންކަމާމެދު މަޝްވަރާކުރާނެއެވެ. އަދި އެސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ކަންބޮޑުވުންތަކާމެދު މަޝްވަރާކޮށް ހައްލުތައް ހޯދޭނެ ގޮތްތަކާމެދު ވާހަކަދައްކައި ޚިޔާލު ބަދަލުކުރާނެއެވެ.

މި ގުންޒަރުގައި މަޝްވަރާކުރަން ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ކަޅުބިލަމަހުގެ އެމްއެސްސީ ސެޓިފިކެޓު ދެމެހެެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކާ ކަޅުބިލަމުގެ މަސްވެރިކަން ދެމެހެއްޓެނެވި ސިނާއަތެއްގެ ގޮތުގައި ބޭއްވުމަށް ހިންގާ ފިޝަރީޒް އިމްޕްރޫވުމެންޓު މަޝްރޫޢު ހިމެނެއެވެ.

އަދި މަސް ދޯނިފަހަރުގައި ރެސްކިއު ޑައިވިން ސެޓިފިކެޓު އޮންނަ ފަޅުވެރިން ތިބުމުގެ މުހިއްމުކަން މަސްވެރިންނަށް ބުނެދިނުމާއި، ކަނދުފަތި އެޅުމުގައި ބަލަންޖެހޭ ފަންނީ ކަންކަން މަސްވެރިންނާ ހިއްސާކުރާނެއެވެ. އަދި މަސްވެރިޔާ ކޑާ ގުޅޭ މައުލޫމާތުވެސް ހިއްސާކުރާނެއެވެ.

މި ލިއުމާއި ގުޅޭ