Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އިންތިޚާބާ ދިމާކޮށް ފެނަކައަށް ވެއްދި 900 މުވައްޒަފުންގެ އެއްބަސްވުން ހަމަވުމުން ދޫކޮށްލައިފި

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން މި އަހަރުގެ އިންތިޚާބުތަކާ ދިމާކޮށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ވެއްދި ކޮންޓްރެކްޓް މުވައްޒަފުންގެ ތެރެއިން ކޮންޓްރެކްޓް މުއްދަތު ހަމަވެފައިވާ 900 މުވައްޒަފުން ދޫކޮށްލައިފިއެވެ.
ފެނަކައިިގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ކޮންޓްރެކްޓް އާ ނުކޮށް ދޫކޮށްލި މުވައްޒަފުންނަކީ އެކިއެކި މަޝްރޫއުތަކަށް އޭރު ނަގާފައި ތިބި މީހުން ކަމަށާއި އެ މީހުންގެ ކޮންޓްރެކްޓް މުއްދަތު މިދިޔަ ނޮވެމްބަރުގެ ނިޔަލަށް ހަމަވެފައިިވާ ކަމަށެވެ.
މުޢާޒު ވިދާޅުވި ގޮތުގައި ދޫކޮށްލީ 40 ރަށަކުން 900 މުވައްޒަފުންނެވެ.
'އެއީ ޕްރޮޖެކްޓްތައް ނިމިފައި ނުވަތަ މަސައްކަތް ނެތް ރަށްރަށް. އެހެންވެ ދޫކޮށްލީ.'' ކޮންޓްރެކްޓް އާ ނުކުރި ސަބަބު ބަޔާންކުރައްވަމުން މުޢާޒް ވިދާޅުވިއެވެ.
މި ވެރިކަން ފެށުމުގެ ކުރިން އިންތިގާލީ އޮފީހުން ހާމަކޮށްފައިވާ ގޮތުން މިދިޔަ ފަސް އަހަރުތެރޭގައި ފެނަކައަށް 5000 އަށްވުރެ ގިނަ މުވައްޒަފުން ނެގިއެވެ. އަދި ރިޔާސީ އިންތިޚާބުގެ ތެރޭގައި އެކަނި ވެސް 747 މުވައްޒަފުން ނެގިކަމަށް އިންތިގާލީ އޮފީހުން ހާމަކޮށްފައިވެއެވެ.
މި ލިއުމާއި ގުޅޭ