Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުށްކުރުން

ޖިނާއި މައްސަލަތަކުގައި ލަންކާއާ ރާއްޖެއާ ގުޅިގެން މަސައްކަތްކުރަން އެއްބަސްވަނީ

ޖިނާއީ މައްސަލަތަކުގައި ސްރީލަންކާއިން ރާއްޖެއާއެކު ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށް ސްރީލަންކާގެ ކެބިނެޓްގެ ތަރުޖަމާނު ޑރ.ބަންދުލާ ގުނަވަރުދަނާ ވިދާޅުވެއްޖެއެވެ.

ލަންކާ ކެބިނެޓުން، މި ހަފުތާގައި ވަނީ އެކަމާ ގުޅޭ ގޮތުން ޖަސްޓިސް މިނިސްޓަރު ވިޖޭޔަދާސާ ރާޖަޕަކްޝާ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ރުހުން ދީފައެވެ.

''ސްރީލަންކާގެ ކެބިނެޓުން މީގެ ކުރިން ވަނީ ޖިނާއީ މައްސަލަތަކުގައި ރާއްޖެއާ އެކު ގާނޫނީ ގޮތުން އެއްބާރުލުން ދިނުމަށް ފާސްކޮށްފައި"އެހެން ނަމަވެސް ރާއްޖެއިން ހުށަހަޅާފައިވާ އެއްބަސްވުމަށް ބައެއް އިސްލާހުތައް ގެނެސްފައި އޮތުމުން މީގެ ކުރިން އެކަން ނުހިނގާ''
ޑރ.ބަންދުލާ ގުނަވަރުދަނާ
ދެ ފަރާތުގެ އެއްބަސްވުމާ އެކު އެކުލަވާލި ރިވައިޒްޑް އާ ޑްރާފްޓަށް ބަންޑާރަ ނައިބުގެ ކްލިއަރެންސް ލިބިފައިވާ ކަމަށް ގުނަވަރުދަނާ ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެ ގައުމުގެ ޑިޕްލޮމެޓިކް މިޝަންތަކުން ތަސްދީގު ކުރާނެއެވެ. މިއީ ކޮންއިރަކު ހުށަހެޅިފައިވާ އެއްބަސްވުމެއް ކަމެއް ކެބިނެޓްގެ ތަރުޖަމާނު ވިދާޅެއް ނުވެއެވެ.
މި ލިއުމާއި ގުޅޭ