Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެމެރިކާ ސަފީރާއެކު މަޝްވަރާކޮށްފި

ރާއްޖެއާއި އެމެރިކާއާ ދެ ގައުމުގެ ދެމެދުުގައިފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލް އެމެރިކާ ސަފީރު ހޫގޯ ޔޮން އާ މިއަދު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދެވީ މިނިސްޓަރު ފައިޞަލްގެ އަރިހަށް އެމެރިކާ ސަފީރު ހޫގޯ ޔޮން މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން މިނިސްޓްރީން ބުނީ މި ބައްދަލު ކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި ގާއިމުކުރެވިފައިވާ ގާބިލުކަން އިތުރުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
މީގެއިތުރުން މިނިސްޓަރު މިއަދު ހެނދުނު ވަނީ ބިއުރޯ ފޮރ އޭޝިއާގެ ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ ޖަލީ ކައުރްއާ ބައްދަލުކުރައްވައި ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ހަރުދަނާ ތަރައްގީގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ. އަދި ކުރިއަށް އޮތްތަނުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މި ލިއުމާއި ގުޅޭ