Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މަސްވެރިންގެ ދުވަސް ފާހަގަކުރަން ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މާދަމާ ހުޅުމާލޭގައި ކުޑަކުދިންގެ ހަވީރެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މަސްވެރިކަމުގެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މަސްވެރިކަމުގެ ސިނާއަތާއިގުޅުން ހުރި މައުލޫމާތު ކުޑަކުދިންނާއި ޒުވާނުންނާއި ހިއްސާކޮށް އެ ސިނާއަތާއި މެދު ސްކޫލުކުދިންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަށްޓަކައި "މިފްކޯ ކުޑަކުދިންގެ ހަވީރު" ނަމުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މިނިސްޓްރީއާއި މިފްކޯއިން ގުޅިގެން އިންތިޒާމްކުރާ މި ހަވީރުގެ ހޮސްޓިންގް ޕާޓްނަރަކީ އާބަންކޯއެވެ.
މި ހަރަކާތް ކުރިއަށް ދާނީ ހުކުރު ދުވަހު ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ، ސެންޓްރަލް ޕާކްގައެވެ. އެ ހަވީރަކީ ހުނަރުވެރި، ހޭލުންތެރި އަދި ޝައުގުވެރިކަމާއިއެކު ކުދިންނަށް ހޭދަކޮށްލެވޭ ވަގުތުކޮޅަކަށް ހެދުމަށް ގިނަ ކަންތައްތަކެއް ވަނީ ރޭވިފައެވެ.
އެގޮތުން އިވެންޓްއަށް ވަންނަ މަގު ހާއްސަކުރެވިފައިވަނީ ދިވެހި މަސްވެރިކަމުގެ ތައާރަފެއް ދޭ ވޯކްވޭއެއް ގޮތަށެވެ. މީގެ އިތުރުން މަސްވެރިކަމާއި ގުޅޭ ހުށަހެޅުންތަކާއި ދައްކާލުންތައް މިހަވީރުގެ ތެރެއިން ފެނިގެން ދާނެއެވެ. މަސްކެނޑުމުގެ ހުނަރު ދައްކާލުމާއި ކަނޑުމަހުގެ ބާވަތްތަކުން ތަފާތު ދިވެހި ކާއެއްޗެތި ތައްޔާރުކުރުމުގެ ހުނަރުތައް ދައްކާލުމުގެ އިތުރުން މަހުގެ ތަފާތު އުފެއްދުންތައް ދައްކާލެވޭނެއެވެ. ކުޑަކުދިންގެ ހަވީރުގެ ތެރެއިން ކުރެހުމުގެ މުބާރާތްތަކާއި "ފަސްމީރު ޔަންގް ޝެފް" ނަމުގައި މުބާރާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތްތަކުން ހޮވާލެވޭ ކުދިންނަށް ހާއްސަ އިނާމްތަކެއް ލިބިގެން ދާނެއެވެ.
މަސްވެރިކަމާއި ގުޅެ ހަރަކާތްތަކުގެ އިތުރުން، އެކި އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭނެ ކުދިން ޝައުގުވެރިވާފަދަ ތަފާތު ކުޅިވަރުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖަހިފައެވެ. އަދި ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަ ގޭމްތަކެއްވެސް މި އިވެންޓްގެތެރޭގައި އިންތިޒާމްކުރެވިފައިވާނެއެވެ.
މި ލިއުމާއި ގުޅޭ