Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޕީއެލް

ކުރީގެ ސަރުކާރުން ސިޔާސީ މަޤްސަދުގައި އެމްޕީއެލްއަށް ގިނަ މުވައްޒަފުންތަކެއް ވައްދާފައިވޭ: ވަޖީހު

ކުރީގެ ސަރުކާރުން ސިޔާސީ މަޤްސަދުގައި އެމްޕީއެލްއަށް ގިނަ މުވައްޒަފުންތަކެއް ވައްދާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ޗީފް އެގްޒެކެޓިވް އޮފިސާ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމްޕީއެލް ގެ ސީއީއޯ ވަޖީހު ވިދާޅުވީ، ސިޔާސީ މަންފާހެއް ހޯދުމުގެ ނިޔަތުގައި އެމްޕީއެލްއަށް ވައްދާފައިވާ މުވައްޒަފުން އިންތިހާއަށް އިތުރުވެ، އެ ކުންފުނީގެ މާލީ ހާލަތު ދަށަށް ގޮސްފައިވާކަމަށެވެ. އަދި އެ މުވައްޒަފުންނަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތަކުގެ ސަބަބުން، އެމްޕީއެލްއިން އެ މުވައްޒަފުންނަށް ބޮޑެތި ޚަރަދުތަކެއް ކުރަން ޖެހިފައިވާކަން ވަޖީހު ފާހަގަކުރެއްވިއެވެ.

އެއްވެސް ވަރަކަށް ކުންފުނީގެ ހާލަތަށް ބަލާލުމެއް ނެތި، އެކި މީހުނަށް ވަޒީފާ ދިނުމާއި، ޕްރޮމޯޝަން ދިނުމަށް އޮންނަ އުސޫލުތަކަށް ފަރުވާލެއް ނުދީ އެތައް މުވައްޒަފުންތަކަކަށް ނުހައްގުން ޕްރޮމޯޝަން ދީފައިވާކަމަށްވެސް ވަޖީހު ވިދާޅުވިއެވެ.

އެގޮތުން ކުންފުންޏައް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް އެ މުވައްޒަފުންގެ މުސާރައަށް ޚަރަދުވާކަމަށާއި ބައެއް ފަހަރު ކުންފުނީގެ 60 އިންސައްތަ އާމްދަނީ ޚަރަދުވަނީ އެ މުވައްޒަފުންނަށް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެބަހުރި އާންމު ގޮތެއްގައި 55 ޕަސެންޓުން މަތީގައި އުޅެނީ. ބައެއް ފަހަރު އެބަހުރި 60 ޕަސެންޓަށްވުރެ އިތުރަށް ޕޭރޯލަށް ހަރަދުކޮށްފައި.
ވަޖީހު ވިދާޅުވިއެވެ

އެގޮތަށް ކަރަދުތައް ކުރަންޖެހުމުން، ކުންފުނިން ކުރަންޖެހޭ އެހެން މަސައްކަތްތަކަށް ހޭދަކުރަންޖެހޭ ފައިސާ ޚަރަދު ނުކުރެވިދާކަންވެސް ވަޖީހު ފާހަގަކުރައްވާފައިވެއެވެ.

ނިމިދިޔަ ސަރުކާރުން ސިޔާސީ ބޭނުންތައް ފުއްދުމަށްތަކައި ސަރުކާރު ހިއްސާވާ އެތައް ކުންފުންޏަކަށް މުވައްޒަފުން ވައްދަމުން ދިޔަކަން ހާމަވެފައިވެއެވެ. ފެނަކައާއި އެމްޕީއެލް ފަދަ ސަރުކާރު ހިއްސާވާ ބޮޑެތި ކުންފުނިތަކަށް ވޯޓާއި ދިމާކޮށް އެތައް ސަތޭކަ މުވައްޒަފުންނެއް ކުދި ކޮންޓްރެކްޓު ތަކުގައި ވައްދާފައިވެއެވެ.

ސިޔާސީ ހަރަކާތްތަކަކީ އަބަދުވެސް ކުންފުނިތަކުގައި ހިނގާ ހަރަކާތްތަކެއްކަމަށް ވަޖީހު ވިދާޅުވިއެވެ. ނަމަވެސް ނިމިދިޔަ ސަރުކާރަކީ އެކަމުގައި އަރައިހުރި ސަރުކާރެއްކަމަށް އެބޭފުޅާ ފާހަގަކުރެއްވިއެވެ. އެގޮތުން، ކުރީ ސަރުކާރާއި ގުޅުން އޮންނަ ފަރާތްތައް ރާއްޖޭން ބޭރުގައި ހިންގާ ވޯކްޝޮޕްތަކާއި ޓްރެއިންގްތަކަށް ފޮނުވުމަށްޓަކައިވެސް ބޮޑެތި ޚަރަދުތަކެއް ހިނގައިފައިވާކަމަށް ވަޖީހު ވިދާޅުވިއެވެ.

މާލީ ހާލަތު އެހާ ދައްވުމުގެ ސަބަބުން، އެ ހާލަތުން އަރައިގަތުމަށްތަކައި ކުންފުނީގެ އާމްދަނީ އިތުރުކުރާނެ ގޮތްތަކެއް ހޯދަންޖެހޭކަމަށް ވަޖީހު ވިދާޅުވިއެވެ. އެކަން ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް އެބޭފުޅާ ވަނީ މަޢުލޫމާތު ދެއްވާފައެވެ.

ވޯޓު ހޯދުމުގެ މަގްސަދުގައި ކުދި ކޮންޓްރެކްޓުތަކެއް ހަދައިގެން މުވައްޒަފުން ވެއްދުމަށްފަހު، އެ މުވައްޒަފުންގެ ކޮންޓްރެކްޓް ހަމަވެ އައު ނުކުރުމުން، 'ވަލުދޮރާށިން' ވަދެފައިވާ އެތައް މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުން އިދިކޮޅު ޕާޓީ އެމްޑީޕީއިން އެކަމާ ނުރުހުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އަޑުއުފުލަމުން ގެންދެއެވެ.

މި ލިއުމާއި ގުޅޭ