Wednesday 19th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީ ފަޒުލް ރަޝީދު

އާންމުންގެ ސުވާލުތައް އާބަންކޯގެ އެމްޑީއަށް ހުށަހެޅޭނެ ގޮތް ހަމަޖައްސައިފި

އާންމު ފަރުދުންނާއި ވިޔަފާރިތަކުން އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ފަޟުލް ރަޝީދާ ކުރަން ބޭނުންވާ ސުވާލުތަކާއި ހުށަހަޅަން ބޭނުންވާ ޚިޔާލުތައް ހުށަހެޅޭނެ ނިޒާމެއް އާބަންކޯއިން ގާއިމުކޮށްފިއެވެ.

މިކަމާ ގުޅޭ ގޮތުން އާބަންކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ އެމްޑީ ފަޟުލް ގެންދަވަނީ ހާމަކަންބޮޑު ގޮތެއްގައި މުޖުތަމައުގެ ގުޅުން ބަދަހިކުރުމަށް ފިޔަވަޅު އަޅުއްވަމުން ކަމަށާއި މިހާރު އޮންލައިންކޮށް ހުށަހެޅޭ ސުވާލެއް ނުވަތަ ފީޑްބެކެއް ނުވަތަ ޝަކުވާއެއް ކުރުމުން އެކަމަށް ޖަވާބުދާރީވެވަޑައިގަންނަވާ ކަމަށެވެ.

އާބަންކޯއިން ބުނީ ސުވާލުކުރަން ބޭނުންވާ ފަރާާތްތަކުން [email protected] މެދުވެރިކޮށް ސީދާ ފަޟުލްއަށް ސުވާލުތައް ކުރެވޭނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ދެފުށް ފެންނަ ގޮތަށް މަސައްކަތް ކުރެއްވުމަށާއި ރައްޔިތުންނާއި ގާތުން އަދި ލައިޓްނިންގ ސްޕީޑުގައި ކަންކަން ކުރިއަށް ގެންދެވުމަށް އެދިވަޑައިިގެން ރައީސް ޑރ.މުޙައްމަދު މުޢިއްޒު އެސްއޯއީތަކުގެ ވެރިންނަށް އިރުޝާދު ނުދެއްވާ އެންމެ ދުވަހެއް ވެސް ނުދެއެވެ.
މި ލިއުމާއި ގުޅޭ