Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

ރޭ ތޫނު އެއްޗަކަށް ހަމަލާދިނީ އާއިލީ ހަމަނުޖެހުމެއްގެ ތެރެއިން، އެކަކު ހައްޔަރަށް

ހުޅުމާލޭ ހިޔާ ޓަވަރުގެ ފްލެޓެއްގެ ތެރޭގައި ރޭ ތޫނުއެއްޗަކުން ހަމަލާދީ ހިނގި މާރާމާރީއާ ގުޅިގެން އެކަކު ހައްޔަރުކޮށްފި އެވެ.
ހިޔާގެ ހަ ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި ރޭ ތޫނު އެއްޗަކުން ހަމަލާދީފައިވަނީ ދިވެހި ފިރިހެނަކަށެވެ. އެ ހަމަލާއާ ގުޅިގެން އޭނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު ސާފު ނޫން ނަމަވެސް، އޭނާއަށް އަންނަނީ ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދީފަ އެވެ.
ފުލުހުން މީޑިއާއަށް ހިއްސާކުރި މެސެޖެއްގައި ބުނީ އެ ހާދިސާގައި އަނިޔާވި 22 އަހަރުގެ މީހާއަށް ހަމަލާ ދީފައި ވަނީ އާއިލާ ތެރޭގައި ޖެހުނު މައްސަލައެއްގައިކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މަުއުލޫމާތު ދީފައިވެ އެވެ.
ހުޅުމާލޭގައި ރޭ ތޫނު އެއްޗަކުން ހަމަލާ ދީފައިވާއިރު، މިދިޔަ ހުކުރު ދުވަހުގެ ރެއާއި އާދިއްތަ ދުވަހު އައްޑޫގައި ވެސް ވަނީ ސިލްސިލާ މާރާމާރީތަކެއް ހިންގާފަ އެވެ. އެ މާރާމާރީތައް ފެށުނީ، ހުކުރު ދުވަހުގެ ރޭ ދަންވަރު 2:20 އެހާކަންހާއިރު ގުރޫޕަކުން މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލުމުންނެވެ.
މާރާމާރީތަކާ ގުޅިގެން ފުލުހުން އައްޑޫގައި ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު މިހާތަނަށް އެ މައްސަލައިގައި 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ