Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަނގުރާ

ވިލިނގިއްޔަށް އެތެރެކުރަން އުޅުނު ބަނގުރާ ފުޅިތަކެއް އަތުލައިގެންފި

ގއ.ވިލިނގިއްޔަށް އެތެރެކުރަން އުޅުނު ބަނގުރާ ފުޅިތަކެއް އަތުލައިގަނެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ވިލިނގިއްޔަށް ބަނގުރާ އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ ހަތަރުވަނަ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ37 އަހަރުގެ މީހަކާއި 43 އަހަރުގެ މީހެއް ކަމަށެވެ. އެއީ ދިވެހި ދެފިރިހެނުންނެވެ.

ވިލިގނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި އެ ދެމީހުން ހައްޔަރުކޮށް އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ ލޯންޗަކާއި ކާރެއް ބަލައިފާސްކުރި އިރު 75 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވަނީ ވައިގެ މަގުން އައްޑޫ ސިޓީއަށް އެތެރެކުރި ބައިކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މި މަހުގެ ތިންވަނަ ދުވަހުގެރޭ 33 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ހައްޔަރުކޮށްފައެވެ.
މި ލިއުމާއި ގުޅޭ