Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

މަޖިލީސް އިންތިހާބަށް އެކުގައި ނިކުންނަން އެމްޑީޕީއާ އަދާލަތު މަޝްވަރާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ކުރިއަށް އޮތް އިންތިޚާބުތަކުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި އަދާލަތު ޕާޓީ އާއެކު ގުޅިގެން މަސައްކަތްކުރުމާމެދު މަޝްވަރާ ކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ މާބޮޑު ތަފްސީލެއް ހިއްސާއެއް ނުކުރެއެވެ.

އަދާލަތު ޕާޓީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާއެކު ގިނަ ސިޔާސީ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެކެވެ. އަދި 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުގައި ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ދައުރު ނިމުމާ ހަމައަށް އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އެ ޕާޓީއާއެކު އަދާލަތުން މަސައްކަތްކޮށްފައިވެއެވެ. ސިޔާސީ ޕާޓީއެކެވެ.

މަޖިލިސް އިންތިހާބަށް މިހާރު ވެރިކަމުގައި އޮތް ޕީއެންސީން ވަނީ ޕީޕީއެމްއާ އެކު ނުކުތުމަށް ނިންމާފައިވާއިރު އެމްއެންޕީ އާއި ޖުމްހޫރީ ޕާޓީއާ އެކު ނުކުތުމަށް ވެސް މަޝްވަރާކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ