Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުލުހުން އަނިޔާކުރުން

އަބްދުﷲ ރަޝީދުގެ މަރު: ފުލުހުންގެ އިހުމާލު އޮތް ކަމަށް ނިންމައި ދައުވާ ކުރަން ފޮނުވައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދު މަރުވުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ނިންމައި ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ފޮނުވައިފިއެވެ.
އެ މައްސަލައާ ގުޅިގެން ދައުވާ ކުރުމަށް ފޮނުވީ މި ހަފުތާގެ ތެރޭގައެވެ. ނަމަވެސް، ކުރާ ދައުވާތަކުގެ ތަފްސީލެއް އަދި ދައުވާ އުފުލަނީ ކޮން ބަޔަކާ ދެކޮޅަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ހޯނޑެއްދޫއިން ރަޝީދު ހައްޔަރުކޮށްގެން ލޯންޗަކަށް އަރުވަނިކޮށް އޭނާގެ މެއަށް ވަރަށް ބޮޑު ތަދުވާ ކަމަށް ރަޝީދު ބުނި ނަމަވެސް ވަގުތުން އޭނާ އަށް ފަރުވާއަށް ގެންދަން ފުލުހުން ނޫޅުނު ކަމަށް ތުހުމަތު ކުރެވެއެވެ.

އެ މައްސަލަ އެޗްއާރުސީއެމުން ވެސް ތަހުގީގުވެސް ކުރިއެވެ. އާއިލާއާ ދެކޮޅަށް އޭނާގެ ޕޯސްޓްމޯޓަމް ހެދިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެންނެވެ.
މި ލިއުމާއި ގުޅޭ