Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިލްޔާސް ލަބީބް

ފެނަކަ މުވައްޒަފުން ވަކިކުރުމުގެ ޒިންމާ އުފުލަންޖެހޭނީ އެމްޑީޕީއިން: އިލްޔާސް

ފެނަކައިގެ މުވައްޒަފުން ވަކިކުރަން ޖެހުނީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައި ކަންތައް ކުރެއްވިގޮތުންކަމަށް ރައްޔިތުން މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ، ފެނަކައިގެ މުވައްޒަފުން ވަކިކުރަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

މިއަދުގެ މަޖިލީސް ތަޅުމުގައި ބަހުސްކުރައްވަމުން އިލްޔާސް ވިދާޅުވީ، ފެނަކައިގެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޒިންމާ އުފުލަންޖެހޭނީ އެމްޑީޕީއިން ކަމަށެވެ. އަދި، އެ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ދިމާވި ސަބަބަކީ، އެމްޑީޕީގެ ސަރުކާރުން އެ މުވައްޒަފުންގެ ބޮލުގައި މަޅިއެއް އެޅުވުންކަމަށް އެބޭފުލާ ވިދާޅުވެފައިވެއެވެ.

ވަޒީފާއިން ވަކިކުރަނީކީއެއްް ނޫން. މީ، އެމްޑީޕީ ސަރުކާރުން އެ މުވައްޒަފުންގެ ބޮލުގަ އަޅުވާފާއޮތް މަޅިއެއް
އިލްޔާސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އިލްޔާސް ވިދާޅުވީ، ފެނަކައަކީ މިދިޔަ ސަރުކާރުގެ ބޮޑު ކޮރަޕްޝަން ހާއްޔެއް ކަމަށެވެ. އެގޮތުން، ދިވެހި ދައުލަތް މިއަދު އޮތް ހާލަތައް ވެއްޓި، ބަނގުރޫޓުކުރުމުގައި މިދިޔަ ސަރުކާރުން ބޭނުންކުރި އެންމެ ބޮޑު ކުންފުންޏަކީ ފެނަކަކަމަށް އިލްޔާސް ފާހަގަކުރައްވާފައިވެއެވެ. އެގޮތުން، 2018 ވަނަ އަހަރު އެމްޑީޕީ ސަރުކާރު އައިއިރު ފެނަކައިގެ ދަރަނި އޮތީ 679 މިލިއަން ރުފިޔާގައެވެ. ނަމަވެސް 2023 ވަނަ އަހަރު ފެނަކަ އޮތީ 3 ބިލިއަން ރުފިޔާ ދަރާފައިކަމަށް އިލްޔާސް ވިދާޅުވިއެވެ.

ފެނަކައިން ރާއްޖޭގެ ކުދިކުދި ކުންފުނިތަކަށް ދޭންޖެހޭ 1 ބިލިއަނަށް ވުރެއް ގިނަ ރުފިޔާ ހުރުމުން އެފަދަ ކުދި ކުންފުނިތައް ބަނގުރޫޓުވެފައިވާކަމަށްވެސް މިއަދުގެ މަޖިލީހުގައި ބަހުސްކުރައްވަމުން އިލްޔާސް ވިދާޅުވިއެވެ.

އަދި އެ މުވައްޒަފުން ވަޒީފާއިން ވަކި ކުރަނީއޭ ކިޔައިގެން ދައްކާ ވާހަކަތަކަކީ އެއްވެސް ބުރަދަނެއްހުރި ވާހަކަތަކެއް ނޫންކަމަށްވެސް އިލްޔާސް ފާހަގަކުރެއްވިއެވެ. އެ މުވައްޒަފުންނަކީ ރައީސް އިބްރާހީމްގެ ސަރުކާރު ނިމުމަކަށް އަންނަން ގާތްވުމުން ވޯޓު ހޯދުމަށްކައި 6 މަސްދުވަހާއި 3 މަސްދުވަހުގެ ކޮންޓްރެކްޓުތަކުގައި މަސައްކަތްކުރަމުންދިޔަ މުވައްޒަފުންކަމަށްވުމުން އެ މުވައްޒަފުންގެ ކޮންޓްރެކްޓް ހަމަވީކަމަށް އިލްޔާސް ވިދާޅުވެފައިވެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މުވައްޒަފުން ވައްދަން އޮންނަ އުސޫލާ ޚިލާފަތް ވައްދައިގެން ނުވާނެކަމަށް އިލްޔާސް ގޮވައިލައިފައިވެއެވެ. އަދި ވަކިކުރުމުގައިވެސް، އޮންނަ އުސޫލުތަކަށް ތަބާވާންޖެހޭކަމަށް އެބޭފުޅާ ވިދާޅުވެފައިވެއެވެ. އެހެންކަމުން އެ ކުންފުނީގައި ރަނގަޅު އޮޑިޓެއް ހިންގަންޖެހޭ ކަމަށާއި، މުވައްޒަފުން ވަކިކުރަމުން ދަނީ އެމްޑީޕީ ސަރުކާރުން ހަދާފައިވާ 'ގަޅި' އަކުންކަމަށް އިލްޔާސް ވިދާޅުވިއެވެ.

އެ މައްސަލައާއި ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު ވިދާޅުވީ ފެނަކައިގެ އެއްވެސް މުވައްޒަފަކު ވަކި ނުކުރާކަމަށެވެ. ނަމަވެސް، ކުރީސަރުކާރުން ކޮންޓްރެކްޓު ދީފައިވާ ބައެއް މުވައްޒަފުންގެ ކޮންޓްރެކްޓު އާ ނުކުރަން ނިންމަވާފައިވާކަމަށެވެ.

މި ލިއުމާއި ގުޅޭ