Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

މާޔާގެ ތައުރީފު ޓޫރިޒަމް މިނިސްޓަރަށް: ''ފެނުނީ ލީޑަރެއްގެ ސިފަ''

ދާއިރާގައި ހުރި ކަންބޮޑުވުންތައް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިޞަލާ ހިއްސާ ކުރެއްވުމުން އެމަނިކުފާނުގެ ކިބައިން ފެނިގެންދިޔައީ އެ ކަންކަމަށް އަވަސް ފިޔަވަޅެއް ނެންގެވި ތަން ކަމަށާއި ފެނިގެންދިޔައީ ''ލީޑަރެއްގެ ސިފަ'' ކަމަށް ވިދާޅުވެ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގެ އިސްވެރިން މިނިސްޓަރަށް ތައުރީފު ކުރައްވައިފިއެވެ.

ރާއްޖެއަށް ސްޕަރ ޔޮޓްސްއާއި ކްރޫޒްލައިން ގެންނަ ވިޔަފާރިވެރިންގެ ޖަމްއިއްޔާ, މާޔާގެ ވެރިން ވަނީ އިއްޔެގެ ވަގުތެއްގައި މިނިސްޓަރާ ބައްދަލު ކުރައްވައިފައެވެ.

''މި ނޫސް'' އަށް ދެއްވި އިންޓަވިއުއެއްގައި މާޔާގެ އިސް ވެރިއަކު ވިދާޅުވި ގޮތުގައި މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި ފެނިގެންދިޔައީ މިނިސްޓަރުގެ ލީޑާޝިޕެވެ.

މާޔާގެ ބޭފުޅުންގެ ކަންބޮޑުވުމެއްގެ ގޮތުގައި ހުށަހެޅުއްވީ މިދިޔަ ސަރުކާރުން ހަދާފައިިވާ ގަވާއިދެއްގެ ސަބަބުން މި ސިިނާއަތަށް ޚިދުމަތްދޭން ދަތިވުމެވެ. މިދިޔަ ސަރުކާރުން އެ ގަވާއިދު ހެދީ އެއްވެސް މަޝްވަރާއެއް ނުކޮށް ކަމަށްވާތީ ބޭނުމަކީ އެ ގަވައިދު އިސްލާހު ކުރުމެވެ.

''ވިދާޅުވީ މިކަން ވާންޖެހޭނެ ނޫންހޭ. އަވަހަށް އަޅުގަނޑުމެން އިސްލާހު ކުރަން އެދޭ އަދި ގެޒެޓްކޮށްފައިވާ ގަވާއިދުގެ ކޮޕީއެއް ހޯއްދަވައި ފިޔަވަޅު އަޅައިދެއްވި. ފެނިގެން ގޮސްފައިވަނީ ލީޑަރެއްގެ ސިފަ.'' މާޔާގެ އިސް އޮފިޝަލަކާ ހަވާލާދީ މި ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

މާޔާގެ އިސް ބޭފުޅުން މިނިސްޓަރަށް ތައުރީފު ކުރައްވާފައިވާއިރު ދާދިފަހުން މިނިސްޓަރު ވަނީ ވަނީ ޓޫރިޒަމް ދާއިރާގައި ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވެފައެވެ.
މި ލިއުމާއި ގުޅޭ