Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތުރުކީ

ތުރުކީގެ ރެޑް ކްރެސެންޓުން ޣައްޒާއަށް 3.4 މިލިއަން ޑޮލަރަށްވުރެ ގިނަ އެހީ ފޮނުވައިފި

ފަލަސްތީނުގެ އެންކްލޭވްގައި މިހާރު ހިނގަމުންދާ އިންސާނީ ކާރިސާއާ ގުޅިގެން ތުރުކީ ރެޑް ކްރެސެންޓުން ޣައްޒާއަށް 100 މިލިއަން ތުރުކީ ލީރާ (3.4 މިލިއަން ޑޮލަރަށް ވުރެ ގިނަ) ގެ އެހީ ފޮނުވާފައިވާ ކަމަށް ރިލީފް ގްރޫޕްގެ ވެރިޔާ ވިދާޅުވެއްޖެއެވެ.
އިސްތަންބޫލްގައި ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަވަމުން ފާތުމާ މެރިކް ޔިލްމާޒް ވިދާޅުވީ ރެޑް ކްރެސެންޓުން މާލީ އެހީގެ ގޮތުގައި ގާތްގަނޑަކަށް 500 މިލިއަން ލީރާ (17.3 މިލިއަން ޑޮލަރު) އެއްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް 100 މިލިއަން ލީރާ މިހާރުވެސް ވަގުތުން އެހީގެ ގޮތުގައި ފޮނުވާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ ޖަމިއްޔާއިން ވަނީ 11 މަތިންދާބޯޓާއި ދެ އުޅަނދެއްގައި ތުރުކީން އެހީގެ ތަކެތި ފޮނުވާފައެވެ.
އިޒްރޭލުން މިހާރު ދެމުން އަންނަ ހަމަލާތަކާ ގުޅިގެން ޣައްޒާގައި އެ ޖަމިއްޔާއިން ކުރަމުންދާ އެހީގެ އަޕްޑޭޓްގައި ޔިލްމާޒް ވިދާޅުވީ ތުރުކިޔޭގެ ކާބޯތަކެތީގެ އެހީ މުޅިން މެނޭޖްކުރަނީ ތުރުކީ ރެޑް ކްރެސެންޓުން ކަމަށެވެ. އަދި އެމީހުން ފޮނުވާ އެހީގެ ތެރޭގައި ސާފުތާހިރުކަމުގެ ޕެކޭޖާއި ފޭރާން ވެސް ހިމެނޭ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ޣައްޒާގެ ތެރޭގައި ހަރަކާތްތެރިވާ ވޮލަންޓިއަރުންނަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވަނީ ހަމަނުޖެހުންތައް ވަރުގަދަވުމުގެ ސަބަބުން ވަށާލާފައިވާ އެންކްލޭވްއަށް ވަނުމާއި ނުކުތުން މަނާކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
މި ލިއުމާއި ގުޅޭ