Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަސްތުވާތަކެތި ޓްރެފިކްކުރުން

ވައިގެ މަގުން އައްޑުއަށް އެތެރެކުރި ބައިކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން އައްޑޫ ސިޓީއަށް އެތެރެކުރި ބައިކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ފުލުުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ 1:55 ހާއިރު ހިންގި އޮޕަރޭޝަނުގައި އައްޑުއަށް އެތެރެކުރި ބައިކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު 33 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރުކުރީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ޑޮމެސްޓިކް ފްލައިޓުން ގަމަށް އައި ވަގުތު އެއާޕޯޓުންނެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގައި ގާއިމުވެ ތިބޭ ނާކޮޓިކްސް އިންޓެލިޖެންސްގެ ފުލުހުންނާއި ގަން ޕޮލިސް ސްޓޭޝަންގެ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ބަރުދަނުގައި ބައިކިލޯއަށްވުރެ އިތުރަށް ހުންނާނެ ކަމަށް ބުނި ނަމަވެސް ސީދާ ބަރުދަނެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
 ފުލުުހުން ބުނީ މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި ލިއުމާއި ގުޅޭ