Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަނގުރާ

ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރަލާއެކު ބަޔަކު ހައްޔަރުކޮށްފި

ކ.މާފުށީ ބޭރުގައި އޮތް ސަފާރީއެއްގައި ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރަލާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މާފުށީ ބޭރުގައި އޮތް ސަފާރީއެއްގައި ބަނގުރަލުގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ސަފާރީއެއް ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މާފުށި ޕޮލިސް ސްޓޭޝަން އަދި ކަސްޓަމްސް ސަރވިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރީ 21 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނަކާއި 53 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ.

މި އޮޕަރޭޝަނުގައި އެ ސަފާރީއިން 237 ފުޅި ބަނގުރަލާއި 309 ބިޔަރު ދަޅު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މި މަހުގެ ފުރަތަމަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ 21 އަހަރުގެ މީހާގެ ބަންދަށް 7 ދުވަސް، 22 އަހަރުގެ މީހާއަށް 13 ދުވަސް  އަދި 53 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ. 
 ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ލިއުމާއި ގުޅޭ