Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗާގޮސް

ޗާގޮސް މޮރިޝަސްއާއި ހަވާލު ނުކުރަން އިނގިރޭސި ވިލާތުން ނިންމައިފި

އިނގިރޭސިވިލާތުގެ ސެކެޓްރީ އޮފް ސްޓޭޓް ފޯ ޑިވެންސް ގްރާންޓް ޝަޕްސް އެކުލަވާލަމުންދާ އާ ސްޓްރެޓެޖީއެއްގެ ދަށުން ޗާގޮސް އަނބުރާ މޮރިޝަސްއަށް ހަވާލުނުކުރަން ނިންމައިފިއެވެ.

ރާއްޖޭގެ ދެކުނުން 310 މޭލު ދުރުގައި އޮންނަ ޗާގޯސްގައި އިނގިރޭސިވިލާތުން އެމެރިކާއަށް ކުއްޔަށް ދީފައިވާ ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒެއް ހުރެއެވެ. އެ ސަރަހައްދު އިނގިރޭސިވިލާތާއި އިންޑިއަން އޯޝަން ޓެރިޓަރީގެ ނަމުން މަޝްހޫރުވެފައިވެއެވެ.

ޗާގޮސްގެ މައްސަލައިގައި އިނގިރޭސިވިލާތުގެ ފޮރެން ސެކްޓްރީ ލޯޑް ކެމެރަންއާއި އެޤައުމުގެ ޕްރައިމް މިނިސްޓަރު އޮލިވާ ޑައުޑެން އަދި ޝަޕްސް ބައްދަލުކުރައްވާ، މޮރިޝަސްއަށް ޗާގޮސް ދިނުމުގެ ޚިޔާލު ނުގެންގުޅުއްވަން ކެމެރަންއަށް އަންގަވާފައިވެއެވެ.

ޗައިނާއާއި މޮރިޝަސްއާއި އޮންނަ ގާތްގުޅުމުގެ ސަބަބުން އެމެރިކާއާ އިނގިރޭސިވިލާތުގެ "ޚާއްޞަ ގުޅުމާއި އިންޑޯ ޕެސިފިކް ސަރަހައްދުގައި އޮތް ދިފާއީ މަސްލަހަތަށް" ބުރުއަރާފާނެތީ 3 ވަޒީރުންވެސް ކަންބޮޑުވާކަން ހާމަވެގެން ދިޔަކަމަށް އިނގިރޭސިވިލާތުގެ ޚަބަރު ފަތުރާ ޕްލެޓްފޯމެއް ކަމަށްވާ 'ދަ ޓެލެގްރާފް'ގައި ޝާއިއުކޮށްފައިވެއެވެ.

ޗާގޮސްގެ މައްސަލައިގައި، ރާއްޖެއާއި މޮރިޝަސްއާއި ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބައިކުރުމަށް ރައީސް އިބްރާހީމްގެ ސަރުކާރުގައި ކަނޑުތަކުގެ ޤާނޫނާއިބެހޭ ބައިނަލްއަޤްވާމި ޓްރައިބިއުނަލް (އިޓްލޮސް)އަށް ހުށަހެޅުމުން ނިންމާފައިވެއެވެ.

ރާއްޖެއާ މޮރިޝަސްއާއި ދެމެދު ހިނގި ދެބަސްވުމުގައި ރާއްޖޭން ނެގި މައިގަނޑު ދިފާއަކީ، ޗާގޮސްގެ ސިޔާދަތީ ބާރު އޮތީ މޮރިޝަސް ނުވަތަ އިނގިރޭސިވިލާތުގެ އަތްމަތީގައިކަން އިނގެން ނެތުމުން އެ މައްސަލައިގައި މޮރިޝަސްއަށް ދައުވާކުރުމުގެ އިޚްތިސޯސް ލިބިގެން ނުވާކަމަށެވެ. އެހެންކަމުން އިނގިރޭސިވިލާތާއި މޮރިޝަސްއާއި ދެމެދުއޮތް ޗާގޮސްގެ މިލްކުވެރިކަމުގެ މައްސަލައަށް ހައްލެ ނާންނަހާ ހިނދަކު އިޓްލޮސްގައި މައްސަލަ ނުބެލޭނެކަމަށް ރާއްޖޭން ބުނެފައިވެއެވެ.

ޗާގޮސްގެ މައްސަލައިގައި ގެއްލިފައިވާ ސަރަހައްދުތައް ހޯދައިދޭނެކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންފައިވެއެވެ. އެގޮތުން އެމަނިކުފަނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފަށް ވައްދާނެކަމަށް ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ