Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު އަސްލަމް

ސައުދީއިން ރާއްޖެއަށް ހަމަޖައްސާފައިވާ ސަފީރު އަސްލަމްއާއި ބައްދަލުކުރައްވައިފި

ސައުދީއިން ދިވެހިރާއްޖެއަށް ހަމަޖައްސާފައިވާ ސަފީރު، މަތުރެކް ބިން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމްއާއި ބައްދަލުކުރައްވައިފިއެވެ.

ސައުދީ ސަފީރު އަސްލަމްއާއި ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ.

ސައުދީ ސަފީރު އަސްލަމްއާއި ބައްދަލުކުރައްވަން ވަޑައިގަތުުމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ ޕޭޖުން އެކްސްއަށް ކޮށްފައިވާ ޕޯސްޓު

އަދި ހަމައެހެންމެ، 2 ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ކުރެވިދާނެކަންކަމާއި ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައިވެއެވެ. އަދި މީގެ އިތުރުން، އިސްލާމް ދީނުގެ ކަންކަން ދެމެއްތުމާއި ދީން ހިމާޔަތް ކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

އެގޮތުން ސައުދީ ސަރުކާރުން ރާއްޖެއަށް ކޮށްދެއްވަމުން ގެންދަވާ ކަންކަމަށް އަސްލަމް ޝުކުރުދަންނަވާފައިވެއެވެ. އަދި މީގެއިތުރުން ސައުދީ ސަފީރު ވިދާޅުވީ، ދެ ޤައުމުގެ ތާރީޚީ އާދަކާދަތަށް ދެމެހެއްޓުން މުހިއްމު ކަމަށެވެ. ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ވަހަކަފުޅު ދައްކަވާފައިވެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިޔަށްދިޔަ ބައްދަލުވުމުގައި، ސައުދީ ސަރުކާރުން ރާއްޖެއަށް އެހީތެރިވުމުގައި ދެމިހުންނާނެކަމުގެ ޔަގީންކަން ސައުދީ ސަފީރު ދެއްވާފައިވެއެވެ. އެގޮތުން، ތަޢުލީމީ ދާއިރާއާއި ސިއްޙީ ދާއިރާ އިތުރަށް ފުޅާކޮށް، ކުރިއެރުވުމަށްޓަކައި އެޅޭނެ ފިޔަވަޅުތަކާއި ބެހޭ މަޝްވަރާތައްވެސް ދެ ބޭފުޅުން ކުރައްވާފައިވެއެވެ.

މި ލިއުމާއި ގުޅޭ