އދ.ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖާގެ މަންމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުއްޓާ ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބިދޭސީ އަންހެނެއް ކަމަށާއި އޭނާ ހައްޔަރުކުރީ ފުރަން ގޮސް ހުއްޓާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުން ހައްޔަރުކޮށްފައިވަނީ ދިގުރަށުގެ ގެސްޓު ހައުސްއެއްގައި މަސައްކަތް ކުރަމުން އައި ސްރީލަންކާ މީހެކެވެ.
ދިގުރަށުގައި ވިހެއުމަށްފަހު ކޮތަޅަކަށް ލައި އެއްލާލާފައި އޮތް ތުއްތު ކުއްޖަކު މިއަދުގެ ހެނދުނުގެ ވަގުތެއްގައި ފެނުނީ އެރަށު ކުނިގޮނޑުންނެވެ. ކުނިއަޅަން ބޭނުންކުރާ ކަޅު ކޮތަޅަކަށް ލައިފައި އޮތް އެ ކުއްޖާ އޮތީ ފޫޅު ވެސް ނުކަނޑައެވެ.
އެ ކުއްޖާ ފެނުނުއިރު ވެސް އޮތީ މަރުވެފައި ކަމަށް ކުއްޖާ ބެއްލެވި ޑޮކްޓަރާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.