Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަރުވުން

މާފަރުގައި މޫދަށް ގެނބިގެން މީހަކު މަރުވެއްޖެ

ނ.މާފަރުގައި މޫދަށް ގެނބިގެން މީހަކު މަރުވެއްޖެެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ.

ފުލުހުންގެ އިދާރާއިން ބުނީ ލޭންޑިންގ ކްރާފްޓެއްގައި މަސައްކަތްކުރާ މީހަކު ވަލެއް ނައްޓައިލުމަށް މޫދަށް ފައިބައިގެން އުޅުމުގެ ތެރޭގައި ގެނބިގެން މާފަރު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓުކުރީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

މާފަރު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އެ މީހާ އޮތީ މަރުވެފައިކަމަށް މާފަރު ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މި ލިއުމާއި ގުޅޭ