Saturday 2nd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

އެންމެ މަގުބޫލު މަންޒިލުގެ އެވޯޑު އަނެއްކާވެސް ރާއްޖެއަށް ލިބިއްޖެ

'ވޯލްޑް ޓްރެވަލް އެވޯޑްސް'ގައި ހަތަރުވަނަ ފަހަރަށް ދިވެހިރާއްޖެއަށް އެންމެ މަޤުބޫލު މަންޒިލަށް ދޭ އެވޯޑު ލިބިއްޖެއެވެ.

ދުބާއީގެ ބުޖުރު އަލް-ޢަރަބް ހޮޓަލުގައި ބޭއްވި ޑަބްލިއުޓީއޭ އެވޯޑު ދިނުމުގެ ރަސްމިޔާތުގައި ރާއްޖެއަށް ލިބުނު އެންމެ މަގުބޫލު މަންޒިލުގެ އެވޯޑު ފާއިތުވެދިޔަ 3 އަހަރުވެސް ހާސިލްކޮށްފައިވަނީ ރާއްޖެއިންނެވެ.

ރޭ ބޭއްވި 30 ވަނަ ޑަބްލިއުޓީއޭ އެވޯޑުގައި އެންމެ މަގުބޫލު މަންޒިލުގެ އެވޯޑު ރާއްޖެ ހާސިލްކުރީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 17 ޤައުމާ ވާދަކޮށްގެންނެވެ. އެ ޤައުމުތަކަކީ، އޮސްޓްރޭލިއާ، ކެނެޑާ، ކޮސްޓަރިކާ، ދުބާއީ، ގްރީސް، އިންޑިއާ، އިންޑޮނޭޝިއާ، ޖެމެއިކާ، ކެންޔާ، މެކްސިކޯ، ނިއުޒީލެންޑް، ޕެރޫ، ޕޯޗުގަލް، ދެކުނު އެފްރިކާ، ސްޕެއިން، އެމެރިކާ އަދި ވިއެޓްނާމްއެވެ.

އެންމެ މަގުބޫލު މަންޒިލުގެ އެވޯޑުގެ އިތުރުން އެހެން އެވޯޑުތަކެއްވެސް ރާއްޖެއިން ހާސިލްކޮށްފައިވެއެވެ. ވަކިވަކި ފަރުދުންނާއި ކުންފުނިތައް ޝާމިލުވާހެން ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކަށް ރޭ އެވޯޑު ލިބިފައިވެއެވެ.

ރާއްޖެއަށް ލިބުނު އެވޯޑުތަކުގެ ތެރޭގައި:

  • އެންމެ މަގުބޫލް މަންޒިލް ކަމުގެ އެވޯޑު
  • އެންމެ މަގުބޫލް ޓޫރިސްޓު ބޯޑު އެމްއެމްޕީއާރްސީއަށް
  • އެންމެ މަގުބޫލް ސީޕްލޭން އޮޕަރޭޓަރުކަން ޓީއެމްއޭއަށް
  • އެންމެ މަގުބޫލް ބުޓީކް އެއާ ޕޯޓު ހޮޓެލުކަން ޖެން ހޮޓެލްއަށް
  • އެންމެ މަގުބޫލް އެއާޕޯޓު ރިސޯޓުކަން ހުޅުލޭ އައިލެންޑު ހޮޓަލަށް
  • އެންމެ މަގުބޫލް ލަގްޒަރީ ހަނީމޫން ރިސޯޓުކަން ވައްކަރު މޯލްޑިވްސްއަށް
  • އެންމެ މަގުބޫލް ހަނީމޫން ރިސޯޓުކަން ޖޭއޭ މަނަފަރަށް
  • އެންމެ މަގުބޫލް ޕްރައިވެޓް ރަށްކަމުގައި ވެލާ ޕްރައިވެޓް އައިލެންޑަށް
  • އެންމެ މަގުބޫލް ލަގްޒަރީ ރިސޯޓުކަން ވޮއްމުލި މޯލްޑިވްސްއަށް
  • އެންމެ ރޮމޭންޓިކް ރިސޯޓުކަން ބަރޮސް ރިސޯޓަށް
  • އެންމެ މަގުބޫލް ވޯޓާ ވިލާތައް ހުންނަ މަންޒިލްކަން އެމެރަލް މޯލްޑިވްސް ރިސޯޓަށް

އެގޮތުން، އަހަރުގެ ޓްރެވަލް ޕާސަނަލިޓީގެ އެވޯޑު ހާސިލުކުރައްވާފައިވަނީ، ރާއްޖޭގެ ކުރީގެ ފަތުރުވެރިކަމާއި ބެހޭ ވަޒީރު އަބްދުﷲ މައުސޫމެވެ.

ޑަބްލިއުޓީއޭ އަކީ 1993ކުން ފެށިގެން ފަތުރުވެރިކަމުގެ ދާއިރާއިން ދެމުން އަންނަ މަޤުބޫލު އަދި މަޝްހޫރު އެއް އެވޯޑެވެ. މި އެވޯޑު ދިނުމުގައި އަމަލުކުރާ އުސޫލަކީ ނަން ހުށަހެޅޭ ފަރާތްތައް ޝޯޓް ލިސްޓު ކުރުމަށްފަހު، އާންމު ވޯޓަކަށް ހުޅުވާލައިގެން އެވޯޑު ލިބޭނެ ފަރާތްތައް ކަނޑައެޅުމެވެ.

މި ލިއުމާއި ގުޅޭ