Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ރައީސް މުޢިއްޒާއި ލަންކާގެ ރައީސް މަޝްވަރާކުރައްވައިފި

ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހް މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންދެވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ކުރިއަށްދާ 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ހަވާސާގައެވެ.

އިއްޔެ ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި މިހާރަށްވުރެ އިތުރަށް ގުޅުން ބަދަހި ކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ތައުލީމީ ދާއިރާއިންނާއި އަދި މީގެ އިތުރުން ވެސް ދެ ގައުމަށް ފައިދާހުރި ތަފާތު ދާއިރާތަކުން ގުޅުން ވަރުގަދަ ކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވައިފައެވެ.

މީގެއިތުރުން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދިވެހިރާއްޖެއާއި ސްރީލަންކާއިން ގެންގުޅޭ ސިޔާސަތުތަކާ ބެހޭގޮތުން ވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ، ގޮންޖެހުންތަކުން އަރައިގަނެ، އެކުގައި ގުޅިގެން މަސައްކަތް ކުރުމުގެ ތެރެއިން ފުރުސަތުތަކުގެ ބޭނުން ހިފޭނެކަމުގެ ޔަގީންކަން އޮތްކަން ފާހަގަކުރައްވައިފައެވެ.
މި ލިއުމާއި ގުޅޭ