Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި މެދު އިންޑިޔާގެ ބޮޑުވަޒީރާއި ރައީސް މަޝްވަރާކުރައްވައިފި

ރާއްޖޭގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން އިންޑީޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ ރައީސް ޑރ.މުހައްމަދު މުއިއްޒު މަޝްވަރާކުރައްވައިފިއެވެ.

ރައީސް މުއިއްޒު މޯދީއާ ބައްދަލު ކުރެއްވީ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28)ގެ ހަވާސާގައެވެ. ރައީސް މުއިއްޒު ވަނީ ކޮޕް28 ގެ ހަވާސާގައި ގިނަ އަދަދެއްގެ ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވައިފައެވެ.

އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިއްބެވެ. އެ ގައުމުން ހަދިޔާކުރި ފުރަތަމަ ހެލިކޮޕްޓަރު ބަލަހައްޓަން 24 ސިފައިންނާއި ޑޯނިއާ މަތިންދާބޯޓު ބަލަހައްޓަން 25 ސިފައިންނާއި ދެވަނަ ހެލިކޮޕްޓަރު ބަލަހައްޓަން 26 ސިފައިންގެ އިތުރުން އެ އެއްޗެހީގެ މެއިންޓެނެންސާއި އިންޖިނިއަރިން އަށް އިތުރު ދެ ސިފައިންގެ މީހެކެވެ.

މީގެކުރިންވެސް ރައީސް ވަނީ ރާއްޖޭގައި ތިބި އިިންޑިޔާ ސިފައިން ރާއްޖެއިން ފޮނުވާލުމާއި ގުޅޭގޮތުން އިންޑިޔާގެ ސަފީރާއި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. އަދި ރައީސް ކަމުގެ ހުވާކުރެއްވުމަށްފަހު އެމަނިކުފާނު ވަނީ އިންޑިޔާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައެވެ.

މައުލޫމާތު ލިބުނު ގޮތުގައި އިންޑިޔާގެ ބޮޑުވަޒީރާއެކު މިއަދު ބޭއްވުނު ބައްދަލުވުމުގައިވެސް މިކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާއި ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމާއި، އިގްތިސޯދީ ގުޅުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި މި ގުޅުން އިތުރަށް ބަދަހިކުރުމަށް ކޯ ގްރޫޕެއް އުފެއްދެވުމަށް ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ލިއުމާއި ގުޅޭ