Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ސީވީއެފްގެ ސެކްރަޓަރީ ޖެނެރަލްގެ މަޤާމަށް ރައީސް ނަޝީދު އައްޔަންކޮށްފި

ކްލައިމެޓް ވަލްނެރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޔަނުކޮށްފި އެވެ.

އެ މަޤާމަށް އެމަނިކުފާނު އައްޔަން ކުރެވުނު ކަން ވަނީ އިއުލާންކޮށްފައެވެ. ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނައަށް އިތުބާރުކޮށް އެފަދަ މަޤާމަކަށް އައްޔަންކުރެވުނީތީ އެކަމާ ސީވީއެފްގެ ރައީސް، ބާބޭޑޯސްގެ ބޮޑުވަޒީރު މިއާ އަމޯރް މޮޓްލޭއާ އަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެބޭފުޅާއެކު ހަރުދަނާ މަސައްކަތްތަކެއް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ސީވީއެފްގެ ބޭނުމަކީ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބޭ ގައުމުތަކުން ކޮޕް ފަދަ ބައިނަލްއަގުވާމީ ސްޓޭޖުތަކުގައި ގުޅިގެން މަސައްކަތް ކުރުމެވެ. ސީވީއެފްއަކީ ރައީސް ނަޝީދު އަދި ދިވެހިރާއްޖެއިން އިސްވެ 2009 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ ނޮވެމްބަރު، 2009، ގައި ރާއްޖޭގަ އެވެ. އެއިރު ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ އަދަދަކީ 10 އެވެ.

ސީވީއެފްގައި މިހާރު 58 މެމްބަރު ގައުމު ހިމެނޭއިރު އޭގެ ތެރޭގައި އޭޝިޔާ، އެފްރިކާ، ކެރީބިއަން، އެމެރިކާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތައް ހިމެނެ އެވެ.

މި ލިއުމާއި ގުޅޭ