Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

އެމެރިކަން އެކްސްޕްރެސް ކާޑުން ވިޔަފާރިކޮށްގެން ކޮންމެ ހަފްތާއަކު ބޮޑު އިނާމެއް

ބޭންކް އޮފް މޯލްޑިވްސް އިން އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ޕްރޮމޯޝަން އެއް ލޯންޗްކޮށްފިއެވެ. މި ޕްރޮމޯޝަން އަކީ ބީއެމްއެލް އިން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރެވުނު ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ 2 ފަރާތަކަށް 25،000 ރުފިޔާގެ އަގުހުރި ގިފްޓް ބަންޑަލް އެއް ލިބޭނެއެވެ.
އެމެރިކަން އެކްސްޕްރެސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރިކޮށްގެން ކަސްޓަމަރުންނަށް ފިޓްނަސް، ކަލިނަރީ، ވެލްނަސް އަދި އެންޓަރޓެއިންމަންޓާ ގުޅުންހުރި ގިފްޓް ބަންޑަލް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިޔަށްދާނީ 1 ޑިސެންބަރު އިން 31 ޑިސެންބަރު 2023 ގެ ނިޔަލަށެވެ.

އިތުރު މައުލޫމާތު: https://www.bankofmaldives.com.mv/personal/cards/pay-with-amex-and-win

މި ލިއުމާއި ގުޅޭ