Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެކްޓް ޗެކް

ފެކްޓް ޗެކް: ސަރުކާރުން ކާރުތަކެއް ގެންނަން 140 މިލިއަން ހަރަދު ނުކުރޭ

ސަރުކާރުން ކާރުތަކެއް ގެންނަން 140 މިލިއަން ރުފިޔާ ހަރަދުކުރަން އުޅޭ ކަމަށް އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި މާލެ ސިޓީ މޭޔަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރުމަށް އެ ޕާޓީގެ ޕްރައިމެރީގައި ވާދަކުރައްވާ އާދަމް އާޒިމް ވަނީ މިއަދު ވިދާޅުވެފައެވެ.

އެހެން ނަމަވެސް މިއީ ހަގީގަތާއި ހިލާފު ވާހަކައެކެވެ. 140 މިލިއަން ރުފިޔާ ހަރަދުކޮށްގެން 22 ކާރު ގެންނަން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި މައުލޫމާތު ފެތުރީ ކާކުކަން ނޭނގޭގޮތަށް ހިންގާ ބައެއް އެކައުންޓުތަކުންނެވެ. 22 ކާރު ގެންނަން 140 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ދޭހަވާ މޭރުމަކުން އާޒިމް ވާހަކަ ދެއްކެވިއިރު, އެއީ ހަގީގަތެއް ނޫންކަން އާޒިމްއަށްވެސް އެނގިލައްވާނެކަމަށް ބެލެވެއެވެ.

ސަރުކާރުގެ އޮފިޝަލަކު ވަނީ މިއީ އެއްވެސް ހަގީގަތެއް އެކުލެވޭ ވާހަކައެއް ނޫންކަން "ދިޔަރެސް" އަށް ކަށަވަރުކޮށްދެއްވާފައެވެ.

ސަރުކާރު ބަދަލުވުމުން އާންމުގޮތެއްގައި ވަޒީރުންގެ ކާރުކޮޅުތައް އާކުރެއެވެ. އެހެން ނަމަވެސް އަބަދުވެސް ވަޒީރުންގެ ބޭނުމަށް ގެންނަ ކާރުތަކަކީ 2-3 ލައްކަ ރުފިޔާއަށް ލިބޭ ކާރުތަކެވެ.

މި ލިއުމާއި ގުޅޭ