Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބިން ބެހުން

އައްޑޫއިން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފި

އައްޑޫ ސިޓީއިން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކަށް ލިބުނު ޕޮއިންޓުތަކާއެކު ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކޮށްފިއެވެ.

އައްޑޫއިން ދޫކުރަމަށް ހަމަޖެހިފައިވާ 1000 ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ލިސްޓު އާންމުކޮށްފިއެވެ. ހަމައެއާއެކު މި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިވަނީ ހުޅުވާލާފައެވެ. އައްޑޫ ސިޓީ ކައުންސިލުން ބުނާގޮތުން ޑިސެމްބަރު 5 ވާ އަންގާރަ ދުވަހުގެ 13:00 އާއި ހަމައަށް ޝަކުވާތައް ބަލައިގަންނާނެއެވެ.

ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލު ވެބްސައިޓު މެދުވެރިކޮށް އެ އަވަށަކަށް ނިސްބަތްވާ ޝަކުވާ ފޯމު ޑައުންލޯޑު ކުރައްވައިގެން، ޝަކުވާ ހުށަހެޅޭނެއެވެ. އެގޮތުން ކުރިއަށް އޮތީ ހަފްތާ ބަނދު ނަމަވެސް، ކޮންމެ އަވަށެއްގެ އަވަށު އޮފީހަށް އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އެ އަވަށެއްގެ ޝަކުވާ ފޯމުގެ ތިރީގައި ޝަކުވާ ފޮނުވަންވީ އީމެއިލް އެޑްރެސް ބަޔާން ކުރެވިފައި ވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ މި މުއްދަތުގެތެރޭ ލިބޭ ޝަކުވާތަކަށް ރިއާޔަތްކޮށް، ގޯތީގެ ގުރުނެގުމުގެ ކުރިން ނުވަތަ ގޯތި ޙަވާލުކުރުމުގެ ކުރިން ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރުގެ ވުޒާރާއަކުން ލިބޭ އެފަރާތްތަކުގެ ބޯހިޔާވަހިކަމުގެ މަޢުލޫމާތަށް ބިނާކޮށް، މިއަދު ނެރުނު ލިސްޓުގައި ޝަރުތުހަމަވާކަމަށް ކަނޑައަޅާފައިވާ ފަރާތެއްގެ ޝަރުތު ހަމަނުވާކަމަށް ކަނޑައެޅުމުގެ ނުވަތަ ލިބިފައިވާ ޕޮއިންޓަށް އުނިއިތުރު އައުން އެކަށީގެންވާ ކަމަށެވެ.

އެއީ ސަރުކާރުގެ ބޯހިޔަވާހިކަމުގެ މަޝްރޫޢުއެއްގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާ ފަރާތްތަކަށް އެހެން ސަރަހައްދަކުން ބަންޑާރަ ގޯތި ނުލިބޭ ގޮތަށް މިހާރު ޤާނޫނުގައި އޮތުމުންނެވެ. އަދި ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓެއް ކައުންސިލުން އާންމުކުރުމުގެ ކުރިން، މިހާރު ޝަރުތުހަމަވެ، ގޯތި ލިބޭ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި ދެމަފިރިން ހިމެނޭނަމަ، އެ ދެމަފިރިންގެ ތެރެއިން ގޯތި ލިބޭ ފަރާތް އުޞޫލުގައިވާ ގޮތުގެ މަތިން ކަނޑައަޅައި، ގޯތި ނުލިބޭ ފަރާތް އުނިކުރެވޭނެކަމަށްވެސް އިއުލާނުގައި ވަނީ ބުނެފައެވެ.

ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ 1000 ފަރާތަކަށް ފުރަތަމަ ދިނުމަށް ކަނޑައެޅި 1000 ގޯތި ލިބޭނެ ކަމަށާއި ޝަކުވާތަކަށް ރިއާޔަތްކޮށް އަދި ގޯތި ލިސްޓަށް އަންނަ ބަދަލު ތަކާއިއެކު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ބަންދުވާތާ ރަސްމީ 10 ދުވަސްތެރޭ ދާއިމީ ލިސްޓު އިއުލާން ކުރާނެ ކަމަށްވެސް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.
މި ލިއުމާއި ގުޅޭ