މިނިސްޓަރުންގެ ނައިބުގެ މަޤާމަށް މިއަދު 17 ބޭފުޅަކު އައްޔަންކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ހާމަކުރި މައުލޫމާތަށް ބަލާއިރު ޑެޕިއުޓީ މިނިސްޓަރުންނަށް މިއަދު އައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި ގިނައިން ހިމެނެނީ އަންހެން ބޭފުޅުންނެވެ.
- ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަންކުރެއްވި ބޭފުޅުންނަކީ:
- އިބްރާހިމް ޝާޒު ހަބީބު: ފޮރިން މިނިސްޓްރީ
- އަމާނީ މުހައްމަދު: ހޯމް މިނިސްޓްރީ
- އާމިނަތު ނާޒިމާ: އެޑިއުކޭޝަން މިނިސްޓްރީ
- އާމިނަތު މާރިޔާ: އެޑިއުކޭޝަން މިނިސްޓްރީ
- ޝަޖާހު ފިރާގު: އެޑިއުކޭޝަން މިނިސްޓްރީ
- އަލީ ނާސިރު: ހެލްތު މިނިސްޓްރީ
- ނާޝިމާ އަބްދުއްލަތީފު: ޓޫރިޒަމް މިނިސްޓްރީ
- އިބްރާހިމް ސުއޫދު: ޓޫރިޒަމް މިނިސްޓްރީ
- އަޝްހަދު ސައީދު: ޓޫރިޒަމް މިނިސްޓްރީ
- ހަސްމާ ހަސަން މަނިކު: ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ
- އާމިނަތު ނަމްޒާ: ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ
- އާމިނަތު އިސްމާއިލް: ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ
- އަޒުހަރު އަބްދުﷲ ސައީދު: ހައުސިން މިނިސްޓްރީ
- އިބްރާހިމް ޔާސިރު: ޓްރާންސްޕޯޓް މިނިސްޓްރީ
- އާމިނަތު ޝަޝީ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
- މަރިޔަމް ޝިއުނާ: ޔޫތު މިނިސްޓްރީ
- އިބްރާހިމް ފަޔާޒު: ލޯކަލް ގަވަމެންޓް މިނިސްޓްރީ
މި ސަރުކާރުގައި 22 މިނިސްޓްރީއެއް އޮންނާނެއެވެ. އެމިނިސްޓްރީތަކަށް އައްޔަންކުރެވޭ މިނިސްޓަރުންނާއި ނައިބުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން އައްޔަންކުރައްވާފައިވެއެވެ. އެގޮތުން، އިއްޔެ 18 ބޭފުޅުން އަދި އޭގެ ކުރީ ދުވަހު 26 ބޭފުޅުންނެވެ. މިއަދު އަލަށް އައްޔަންކުރެއްވި 17 ބޭފުޅުންނާ އެކު މިނިސްޓަރުންގެ ނައިބުންގެ ޖުމްލަ އަދަދު 61އަށް ވަނީ އަރާފައެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބަވާ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށް ރައީސް މުއިއްޒު މީގެކުރިން ވަނީ ވިދާޅުވެފައެވެ.