Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިންތީގެ ހަމަހަމަކަން

އޮކްޓޯބަރ މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 90 މައްސަލަ ޖެންޑާއަށް ހުށަހެޅުނު

މިދިޔަ އޮކްޓޫބަރު މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 90 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލައެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ ޖުމްލަ 90 މައްސަލައެއް ވަނީ ހުށަހެޅިފައެވެ.

މިދިޔަމަހު 205 މައްސަލައެއް ޖެންޑާއަށް ހުށަހެޅުނެވެ. އޭގެތެރޭގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަ އެވެ.

މިނިސްޓްރީއިން ބުނާގޮތުން މިބާވަތުގެ 25 މައްސަލައެއް މިދިޔަމަހު ހުށަހެޅުނެވެ. އަދި ޖިސްމާނީ އަނިޔާގެ 19 މައްސަލަ، ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ 16 މައްސަލައާއި އިހުމާލުގެ 15 މައްސަލަ އާއި އެހެންކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 5 މައްސަލަ އާއި ނަފްސާނީ އަނިޔާގެ 4 މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 3 މައްސަލަ ހިމެނެއެވެ.

އަދި ހަމައެއާއެކު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 36 މައްސަލަ އާއި ޢާއިލީ މައްސަލަތަކާއި ގުޅުންހުރި 24 މައްސަލައެއްގެ އިތުރުން ކުޑަކުދިންގެ އަޚުލާޤާއި ގުޅުން ހުރި 15 މައްސަލައެއް ވެސް ވަނީ ހުށަހަޅާފަ އެވެ.

މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 164 ކުދިން ތިބި ކަމަށް މިނިސްޓްރީން ބުނެއެވެ.
މި ލިއުމާއި ގުޅޭ