Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ހުޅުމާލޭ ވިޔަފާރިވެރިންނަށްވެސް ހައްލު ހޯދައިދޭނަން: ފަޒުލް

ހުޅުމާލޭގެ ވިޔަފާރިވެރިންގެ ޝަކުވާތައް އަޑުއެހުމަށްފަހު އެ ފަރާތްތަކުގެ މައްސަލަތައް ހައްލުކޮށްދެއްވާނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވަނީ ހުޅުމާލެ ފޭސް 2 ބީޗް ސަރަހައްދަށާއި ހިޔާ ޕާކް ސަރަހައްދަށް ޒިޔާރަތްކޮށް އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ. އަދި އެސަރައްދުގައި ވިޔަފާރި ކުރައްވާ ފަރާތްތަކާއި ބައްދަލުކޮށް ހުރި މައްސަލަތައް ބަލާ އެކަންކަން ހައްލުކޮށްދޭނެ ކަމުގެ ޔަޤީންކަން ވަނީ އަރުވާފައެވެ. މިޒިޔާރަތުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ސުޖާއުވެސް ބައިވެރިވެވަޑައިގަތެވެ.

މި ސަރުކާރުން މަޤާމަށް އާބަންކޯގެ އެމްޑީއަކަށް ފަޒުލް އައްޔަން ކުރެއްވުމާއެކު އޭނާ ވަނީ ރައީސް މުއިއްޒުގެ ހަފްތާ 14 ގައި ކުރަން ނިންމާފައިވާ ކަންތައްތައް ނިންމުމުގެ މަސައްކަތް ފަށާފައެވެ. އަދި ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމުގައި ހުންނަވަނިކޮށް އޭނާ މިވަނީ މި މަޤާމަށް އައްޔަންކޮށްފައެވެ.

އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން ނޮވެމްބަރު، 2018 ގެ ނިޔަލަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާ ކުރައްވާފައެވެ. ފަޒުލް މީގެކުރިން ވަނީ ޔޫތު މިނިސްޓްރީގެ އެސިސްޓަން ޑައިރެކްޓަރުކަމާއި ރައްޔިތުންގެ މަޖިލިހުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

ފެލިދޫ ދާއިރާގެ މެންބަރުގެ މަގާމުން އިސްތިއުފާ ދެއްވިކަން އަންގަވާ ރައްޔިތުން މަޖިލީހަށް ފޮނުއްވި ސިޓީގައި ފަޒުލް ވަނީ އާބަންކޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރައްވާފައި ވާތީ ރައްޔިތުންގެ ގާތުން ގައުމަށް ހިދުމަތް ކުރެއްވުމުގެ މާތް ނިޔަތުގައި އެ މަގާމާ ހަވާލުވެވަޑައިގަތުމަށް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
މި ލިއުމާއި ގުޅޭ