Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

މޭޔަރު ހޮވުން: 55,000 މީހުން ހިމެނޭ ވޯޓާސް ލިސްޓަށް ޝަކުވާއަށް ހުޅުވާލައިފި

މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މޭޔަރުކަމާއި ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރާއި މާފަންނު ދެކުނު ދާއިރާއަށާއި މެދުހެންވޭރު ދާއިރާއަށާއި ހެންވޭރު ދެކުނު ދާއިރާ/ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުން އޮންނާނީ ޖެނުއަރީ 13 ވާ ހޮނިހިރު ދުވަހުއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ މި އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ގެޒެޓުގައި ޝާއިއުކޮށް, ޑިސެމްބަރު 10 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާފައެވެ.

އީސީއިން އާންމުކުރި ލިސްޓުތަކުގައި ވާ ގޮތުން މޭޔަރު އިންތިޚާބުކުރުމަށް 55,215 މީހުންނަށް ވޯޓު ލެވޭނެއެވެ.

މީގެއިތުރުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އިންތިޚާބުކުރުމަށް ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 2992 މީހުންނަށެވެ. މެދު ހެންވޭރު ދާއިރާގެ މެންބަރު އިންތިޚާބުކުރަން 3170 މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބޭއިރު, ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިންތިޚާބުކުރަން
ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 2904 މީހުންނަށެވެ.
މި ލިއުމާއި ގުޅޭ