Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ދިޔާ ބޭސްތަކެއްގައި ނުރައްކާތެރި މާއްދާތަކެއް ހުރުމުން އެމްއެފްޑީއޭ އިން އެލާޓް ނެރެފި

ދިޔާ ބޭސްތަކެއްގައި ނުރައްކާތެރި މާއްދާތަކެއް ހުރުމުން މޯލްޑިވްސް ފުޑް އެންޑް ދްރަގް އޮތޯރިޓީ އިން އެލާޓް ނެރެފިއެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު އެލާޓުގައި ބުނެފައިވަނީ، ރާއްޖޭގެ މާކެޓުގައި ނުރައްކާތެރި މާއްދާއެއް ކަމަށްވާ ޑައިއީތައިލިން ގްލައިކޯލް (ޑީއީޖީ) އަދި އިތައިލީން ގްލައިކޯލް (އީޖީ) އެކުލެވޭ ދިޔާ ބޭސްތަކެއް ފެނިފައިވާކަމަށެވެ.

އެމްއެފްޑީއޭ އިން ހިންގި ތަޙުޤީޤުގައި ޑީއީޖީ އަދި އީޖީ އެކުލެވޭ 2 ބޭހެއް ރާއްޖެއިންފެނިފައިވާކަމަށް މަޢުލޫމާތުލިބެއެވެ. އެހެންކަމުން، އެ ޕްރޮޑަކްޓުގެ ބޭސްތައް ރާއްޖޭގައި ވިއްކުމާއި، ރައްކާކުރުމާއި، ބޭނުންކުރުމާއި އަދި އެތެރެކުރުން މަނާކޮށްފައިކަމަށް އެމްއެފްޑީއޭ އިން ކުރި އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުންވެސް އެމްއެފްޑީއޭ އިން ބުނެފައިވަނީ، ކުރިން ރާއްޖޭގައި ވިއްކުމަށް ހުއްދަދީ އެޕްރޫވްޑް ލިސްޓުގައި ހިމެނޭ އެ ކުންފުނީގެ ބޭސްތައް ފާމަސީތަކުން ނަގައި ހަމަޖެހިފައިވަ އުސޫލާއި އެއްގޮތަށް ބޭސް ނައްތާލުން ކުރިޔަށް ގެންދިޔުމަށެވެ.

އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ އެ ކުންފުނީގެ ބޭސްތަކުގެ ތެރޭގައި ހިމެނެނީ:

  • އެޒިތުރޮމައިސިން
  • ސިޓްރިޒަން އެޗްސީއެލް
  • ކްލެރިތުރޮމައިސިން
  • ޑޮމްޕެރިޑޯން
  • އަޔަން ޕްރޮޓީން ސަސިނޭޓް
  • ކެޓޮޓިފެން ފިއުމަރޭޓް
ޑީއީޖީ އަދި އީޖީ އެކުލެވޭ ދިޔާ ބޭސްތައް އުފައްދާ ކާރުހާނާއަކީ ޕާކިސްތާނުގެ ފާމިކްސް ލެބޯރޮޓޮރީސްއެވެ. އެ ކުންފުނިން އުފައްދާ ބައެއް ދިޔާ ބޭސްތަކުގައި ފުރާނައަށް ނުރައްކާތެރި 2 މާއްދާކަމަށްވާ ޑީއީޖީ އަދި އީޖީ އެކުލެވޭކަމަށް ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ބުނެ އެ ޤައުމުތަކުގެ ރައްޔިތުން އެ ބޭސްތަކުން ރައްކާތެރިވުމަށް އަންގާފައިވެއެވެ.
މި ލިއުމާއި ގުޅޭ