Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ ޙުސައިން ޝަމީމް

ބައްސާމްގެ މައްޗަށް ދައުވާކުރާނެކަމަށް ޕީޖީ ޝަމީމް ވިދާޅުވެއްޖެ

ދިވެހިރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ރައީސް ބައްސާމް އާދިލް ޖަލީލުގެ މައްޗަށް ދައުވާކުރަން ފޮނުވާނެކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެއެވެ.

ޕީޖީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަމީމް ވިދާޅުވީ، އެފްއޭއެމްގެ މެމްބަރުންގެ މައްޗަށް ޚިޔާނާތުގެ ތުހުމަތު ކުރެވިފައިވާކަމަށައި، އެ މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުން ދާކަމަށެވެ. އަދި ޚިޔާނާތުގެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތުކުރެވެނީ ބައްސާމްގެ މައްޗަށްކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.

ނިމިދިޔަ އޮކްތޯބަރު މަހުގެ 22ވަނަ ދުވަހު އެފްއޭއެމްގެ މައި އޮފީހަށް ފުލުހުންވަދެފައިވެއެވެ. ފުލުހުން އެފްއޭއެމް އަށް ވަދެފައިވަނީ ބައިނަލްއަގުވާމީ އިދާރާތަކުން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި ފޮނުވާފައިވާ ފައިސާގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާކަމުގެ ތުހުމަތުގައި ޝަމީމުގެ އެންގެވުމުގެ މަތިންނެވެ.

އެފްއޭއެމް އަށް ބޭރުގެ އެތައް އިދާރާއަކުން ފައިސާ ފޮނުވާފައިވާއިރު، އެ ފައިސާތަކާއި މެދު ޢަމަލު ކުރަންވީ ވަކި އުސޫލުތަކެއް ގާއިމްކޮށްފައިވެއެވެ. ނަމަވެސް، އެ އުސޫލުތަކާއި އެއްގޮތަށް ޢަމަލު ނުކުރާކަމުގެ ތުހުމަތު އެފްއޭއެމްގެ ވެރިންގެ މައްޗަށް ކުރާކަމަށް ޝަމީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތުހުމަތަކީ ނުވަތަ ފުލުހުންގެ ތުހުމަތަކީ، އެފްއޭއެމަށް ފީފާއިން ފޮނުވާ ފައިސާ ރާއްޖޭގެ ގާނޫތަކާ ގަވާއިދުތަކާ ހިލާފަށް އެކި ކަންކަމުގައި ބޭނުންކުރަނީއޭ."
ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވިއެވެ.

ޝަމީމް އިތުރަށް ވިދާޅުވީ، އެފްއޭއެމް ގެ ވެރިންނަށް ކުރެވޭ ޚިޔާނާތުގެ ތުހުމަތާއި ގުޅިގެން ހިންގި ތަޙުޤީޤުތަކުގައި، ބޭރު ޤައުމުތަކަށް ކޮށްފައިހުރި ދަތުރުތަކުގެ އެކި ޚަރަދުތަށް ކޭޝްކާޑު ބޭނުން ކޮށްގެންކޮށްފައިވާތީ، ފީފާ ފަދަ އިދާރާތަކުން ރާއްޖެއަށް ފޮނުވާ ފައިސާ އެކި ގޮތްގޮތަށް ބޭނުންކޮށްފައި ހުރިކަން ހާމަވެފައިވާކަމަށެވެ.

ބައްސާމް ދައްކަވާފައިވާ ވާހަކަފުޅުތަކުން ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު ދަށުދަރަޖައަކަށް ގޮސްފައިވާކަމަށް ގަބޫލުފުޅުކުރައްވާކަން ހާމަވެފައިވެއެވެ. ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ، އެ އިދާރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފައިސާގެ ދަތިކަން ކަމަށާއި، ރާއްޖޭގެ ފުޓުބޯޅަ މިހާރު ގޮސްފައިވާ ހާލަތަށް ދިޔައީ ކުރީ ސަރުކާރާއި ދެމެދު ޖެހުނު މައްސަލަތަކަކާއި ގުޅިގެން ރާވައިގެން ފުޓުބޯޅައަށް ގެއްލުންތަކެއް ދިނުމުން ކަމަށެވެ.

މި ލިއުމާއި ގުޅޭ