Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

ނައީމާގެ މަރުގެ މައްސަލައިގައި ދައުވާ ސާބިތުކުރެވޭ ވަރަށް ހެކި އެބަހުރި: ޕީޖީ

ނިމިދިޔަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހުގެ ރޭ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލައިފައި އޮއްވައި ފެނުނު ނ.މަނަދޫ އަންނާރު މާގޭ، 62 އަހަރުގެ ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ދައުވާކޮށްފައިވާ މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރެވޭވަރަށް ހެކި ލިބިފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ނައީމާގެ މަރުގެ މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ ކޮށްފައިވަނީ، ނ. މަނަދޫ ފެހިވިލާގޭ، އަހުޒަމް އަބްދުއް ޝަކޫރުއާއި، ނ. މަނަދޫ ފިނިފެންމާގެ، އަބްދުލް ވާހިދު ރިފާޝްއާއި އަދި ނ. މަނަދޫ ވިނަރެސްގެ، ހަސަން ފަވާޒުގެ މައްޗަށެވެ.

މި 3 މީހުންގެ މައްޗަަށް އުފުލާފައިވާ ދައުވާ ސާބިތުވާވަރަށް ސައިންޓިފިކް ހެއްކާއި، ޑީއެންއޭ ހެކީގެ އިތުރުން އެހެން ބާވަތްތަކުގެ އިތުރު ހެކިތަކެއް ލިބިފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދީފައިވާގޮތުގައި، އެ 3 މީހުން ނައީމާ މަރާލާފައިވަނީ ރޭގަނޑު 01:00 ކާއި 03:30 އާއި ދޭތެރޭގެ ވަގުތެއްގައެވެ.

އަދި މީގެ އިތުރުންވެސް ޝަމީމް ވިދާޅުވެފައިވަނީ، އެ 3 މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާއާއި، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއާއި އަދި އަދުލު އިންސާފު ގާއިމުކުރަން ހުރަސް އެޅުމުގެ ދައުވާކަމަށެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާ އެ 3 މީހުންގެ މައްޗަށޤ އުފުލާފައިވަނީ، ނައީމާ މަރާލުމަށްޓަކައި އެ 3 މީހުން ބޭނުންކުރި ހަތިޔާރު ތަކަކީ ތޫނުއެއްޗެއްކަން ނައީމާގެ ހަށިގަނޑުން ފެންނަން ހުރުމުންކަމަށް ޕީޖީއިން މަޢުލޫމާތުދީފައިވެއެވެ. އަދި މީގެ އިތުރުން، މައްޔިތާގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ދައުވާކޮށްފައިވަނީ، މަރާލުމަށްފަހު ނައީމާގެ ހަށިގަނޑު މީހުނަށް ވަންހަނާކުރުމަށްޓަކައި ނައީމާ އުޅޭ ގެ ތަޅުލާފައިދިއުމުންކަމަށް ޕީޖީއިންވަނީ ބުނެފައެވެ. އަދި، އަދުލު އިންސާފު ގާއިމްކުރަން ހުރަސްއެޅިކަމުގެ ދައުވާ އެ 3 މީހުންގެ މައްޗަށް އުފުލާފައިވަނީ، އެ ރަށު ނާމަގުގައި ވަޅެއް ކޮނެގެން އެ 3 މީހުން ޖަރީމާ ހިންގަން ބޭނުންކުރި އާލާތްތައް ނައްތާލުމުންނެވެ.

ތަޅުލާފައި ހުރި ނައީމާގެ ގޭތެރެއިން އޭނާގެ ފުރާނަ ނެތް ހަށިގަނޑު ފެނިނީ، ނައީމާ މަރުވެފައި އޮތްތާ 40 ގަޑީރު ފާއިތުވިފަހުން އޭނާ ދިރިއުޅެމުންދިޔަ ކޮތަރީގެ ތަޅުންގަނޑުމަތީގައި އޮއްވާކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ