Monday 26th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

މަންޑޭގެ ދިރިއުޅުން އޮތީ ލަގްޒަރީ ކޮށްލާފަ، 225 ދައުވާއެއް ކުރަނީ

ހުޅުމާލޭގައި ތަރައްގީކުރާ ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓްތައް ވިއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާކަމަށް ތުހުމަތުކުރެވޭ އެ ފްލެޓުތައް ތަރައްގީކުރަމުން އަންނަ ހަންބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 225 ދައުވާއެއް އުފުލަން ނިންމައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ލިޔުންތަކުން ފެންނަ ގޮތުގައި ކޭޕާކް ރެސިޑެންސްގެ އެޕާޓްމަންޓުތައް އެކަކަށްވުރެ ގިނަ މީހުންނަށް ވިއްކާފައިވާ ކަމަށެވެ. އެއީ 41 އެޕާޓްމަންޓް ޖުމްލަ 107 މީހުންނަށް ވިއްކުމެވެ.
"އެހެންވީމަ ހަމަ ގައިމުވެސް އެކަކަށްވުރެ ގިނަ މީހުންނަށް އެއް އެޕާޓްމަންޓެއް ވިއްކައިގެން ނޫނީ 41 އެޕާޓްމަންޓް 107 މީހުންނަކަށް ނުވިއްކޭނެ. އެހެންވީމަ އެ މަންޒަރު އަޅުގަނޑުމެންނަށް މިހާތަނަށް ތަހުގީގަށް ސާފުވެފައި އެބަ އޮވޭ،" ޝަމީމް ވިދާޅުވި އެވެ.
"އެކަމުގައި ތުހުމަތު ކުރެވޭ ދެ މީހަކު އެބަ އުޅޭ. އޭގެ ތެރެއިން ބައެއް މައްސަލަ މި ނިމުނީ. ނިމުނު މައްސަލަތަކުގައި 225 ހެއްހާ ދައުވާއެއް އުފުލޭނޭ ކަމަށް އަޅުގަނޑުމެން މި ބަލަނީ. މި އުފުލަނީ ކޮންމެ މައްސަލައެއްގައި ވަކިން،" ޝަމީމް ވިދާޅުވި އެވެ.
އެޕާޓްމަންޓް ގަތް މީހުންގެ މައުލޫމާތުތަކަށް ބަލާއިރު މަމްދޫހުގެ މައްޗަށް 225 ދައުވާއެއް ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށާއި، އެ މައްސަލައިގައި ކުރިއަށް އޮތް ހަފްތާގެ ކުރީކޮޅު ދައުވާކުރަން ކޯޓަށް މައްސަލަ ހުށަހެޅޭވަރު ވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
މައްސަލައިގެ އިތުރު ތަފްސީލް ދެއްވަމުން ޝަމީމް ވިދާޅުވީ އެމީހުންގެ މައްޗަށް، ކޮންމެ މީހަކަށް ވަކިވަކިން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާއާއި، އޮޅުވާލުމުގެ ކުށުގެ ދައުވާއާއި، ޓެކުމުގެ ކުށުގެ ދައުވާ އަދި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ކުރާނެ ކަމަށެވެ.
މަންޑޭގެ ލަގްޒަރީ ދިރިއުޅުމުުގެ ތަފްސީލު ވެސް ޝަމީމް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މަންޑޭ ދިރިއުޅެމުން ދިޔަ އެ އެޕާޓްމެންޓުގެ އަގު އެކަނި ވެސް އަށް މިލިއަން ރުފިޔާއަށް އަރަ އެވެ.
އަދި އެޕާޓްމެންޓުން ހިފެހެއްޓި މުދަލުގެ އަގު ހަތް މިލިއަން ރުފިޔާއަށް އަރާއިރު، އަގުހުރި ގަހަނާއާއި ބްރޭންޑެޑް އަތްދަބަހާއި ނުކަނޑާ ހުރި 200 އަށްވުރެ ގިނަ ސެންޓުފުޅި އެޕާޓްމަންޓުގައި ހުރިކަމަށް ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ