Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓްރީޓޮޕް ހޮސްޕިޓަލް

ކޮފީ ކްލަބްގެ އާ ބްރާންޗެއް ޓްރީޓޮޕް ހޮސްޕިޓަލުގައި ރަސްމީކޮށް ހުޅުވައިފި

ކޮފީ ކްލަބްގެ އާ ބްރާންޗެއް ޓްރީޓޮޕް ހޮސްޕިޓަލުގައި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގައި ކޮފީކްލަބްގެ އާ ބްރާންޗެއް ރަސްމީކޮށް ހުޅުވައިދެއްވުމުގައި، ޓްރީޓޮޕް ހޮސްޕިޓަލުގެ ޗީފް އޮޕަރޭޓިންގް އޮފިސަރ އާދިލް މޫސާއާއި، ޓްރީޓޮޕް ހޮސްޕިޓަލުގެ މެޑިކަލް ޑައިރެކްޓަރ މްލަޑެން ނޮޓެކްއާއި، ޓްރީޓޮޕް ހޮސްޕިޓަލުގެ އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖިސްޓް ޑރ. ޒާކިޔާ އަހްމަދާއި އަދި އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖިސްޓް ޑރ. އަނީތާ ގައުރު ބައިވެރިވެވަޑައިގެންފައިވެއެވެ. އަދި މީގެ އިތުރުންވެސް އެ ހޮސްޕިޓަލުގެ އެހެން އެކްސްކޯ މެމްބަރުންނާއި ސްޓާފުންވެސް އެ ރަސްމިޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ކޮފީކްލަބުން މަޢުލޫމަތު ދިންގޮތުގައި، ޓްރީޓޮޕް ހޮސްޕިޓަލުގައި ހުޅުވުނު ރެސްޓޯރެންޓަކީ އެ ކުންފުނީގެ 5 ވަނަ ރެސްޓޯރެންޓެވެ. އެއީ، އެއާޕޯޓުން ބޭރުގައި ހުޅުވުނު 2 ވަނަ ރެސްޓޯރެންޓެވެ. އަދި، ޓްރީޓޮޕް ހޮސްޕިޓަލް ހުރި މާހައުލުގެ ހިތްގައިމުކަމުން، އެފަދަ ސަރަހައްދެއްގައި ކޮފީކްލަބްގެ ރެސްޓޯރެންޓެއް ހުޅުވުނީތީ ފަހުރުވެރިވާކަމަށް ކޮފީކްލަބުން ބުނެފައިވެއެވެ.

މީގެ އިތުރުން ކޮފީކްލަބުން މަޢުލޫމާތު ދީފައިވަނީ، އެ ކުންފުނީގެ ރެސްޓޯރެންޓުތަކުގެ މާހައުލަކީ ހަމައެކަނި ރައްތެހިންނާ ބައްދަލުކޮށްލާ ކޮފީބޯލަން އަންނަ މާހައުލަކަށް ވުރެއް ބޮޑަށް ރަސްމީ މާހައުލަކަށް ހެދޭތޯ އަމާޒު ޖަހާފައިވާނެކަމަށެވެ. އަދި، ޒަމާނީ ސްޓައިލްއާއި އެއްގޮތް ތަނެއް ކަމުގައިވީނަމަވެސް، ކޮފީކްލަބްގެ އަގުތަކަކީ އަތްފޯރާ ފަށުގައި ހުރި އަގުތަކެއް ކަމުގައި ހެދޭތޯ މަސައްކަތް ކޮށްފައިވާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެގޮތުން، ދުނިޔޭގައި ނަންވިދާ އަދި މީހުން ލޯބިކުރާ މާހައުލެއްގެ ކެފޭ ޗެއިންއަކަށް ކޮފީކްލަބް ހެދުމަށްތަކައި މެދުނުކެނޑި މަސައްކަތްކުރަމުން ދާކަމަށް ކޮފީކްލަބުން ބުނެފައިވެއެވެ.

ކޮފީކްލަބްގެ ވެބްސައިޓު

ގާތްގަނޑަކަށް 450 ރެސްޓޯރެންޓު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ކޮފީކްލަބްއަކީ، ކާމިޔާބު 30 އަހަރު ދެކިފައިވާ ކުންފުންޔެކެވެ.

މި ލިއުމާއި ގުޅޭ