Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އިސްލާމިކް ބޭންކް

"އައިއާރްބީއޭ ކެމްބްރިޖް އިފާ އެކްސެލެންސް އެވޯޑް" ރާއްޖޭގެ އެމްއައިބީއަށް

އައިއާރްބީއޭ ކެމްބްރިޖް އިފާ އެކްސެލެންސް އެވޯޑް ފޯ އިސްލާމިކް ރީޓެއިލް ބޭންކިން އިިން މޯލްޑިވްސް 2023" އެވޯޑް، އިސްލާމިކް ބޭންކް އޮފް މޯލްޑިވްސް (އެމްއައިބީ) އަށް ލިބިއްޖެ އެވެ.
އެމްއައިބީއަށް މި އެވޯޑު ލިބުނީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ބަހްރެއިންގެ މަނާމާގައި ބޭއްވި ނުވަ ވަނަ އިސްލާމިކް ރީޓެއިލް ބޭންކިން އެވޯޑްސް ހަފްލާގަ އެވެ.
އެކްސެލެންސް އެވޯޑް އެމްއައިބީއަށް ލިބުނުއިރު، ދެކުނު އޭޝިއާގެ ''އިސްލާމިކް ބޭންކް އޮފް ދި އިޔާ'' އެވޯޑް ވެސް މި އަހަރު ލިބުނީ އެމްއައިބީއަށެވެ.
އިސްލާމިކް ފައިނޭންސް ފޯރަމް އޮފް ސައުތު އޭޝިއާ (އިފްސާ)އިން ދޭ، ދެކުނު އޭޝިއާގެ އިސްލާމިކް ބޭންކް އޮފް ދި އިޔާ އެވޯޑް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ހާސިލްކުރީ މިދިޔަ މަހު އެވެ.
ދެހާސް އެގާރަ ވަނަ އަހަރު އުފެއްދި އެމްއައިބީ އަކީ ރާއްޖޭގައި ހިންގާ ހަމައެކަނި އިސްލާމިކް ބޭންކެވެ. އެމްއައިބީން މީގެ ކުރިންވެސް އެފަދަ އެވޯޑުތައް ހާސިލްކޮށްފައިވެ އެވެ.
މި ލިއުމާއި ގުޅޭ