Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޙުސައިން ފަހުމީ

ކުންފުނީގައި ކޮރަޕްޝަނެއް ހިނގާފައި އޮތްނަމަ އެކަން ބަލާނަން, ދުލެއް ނުކުރާނަން: ފަހުމީ

ކުންފުނީގައި ކޮރަޕްޝަނެއް ހިނގާފައި އޮޮތްނަމަ އެ މައްސަލައެއް ބައްލަވާނެ ކަމަށާއި އެކަމުގައި ވަކި މީހަކަށް ވަކި ކުލައަކަށް ނުބައްލަވާނެ ކަމުގެ ޔަގީންކަން ސްޓެލްކޯގެ އާ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ދެއްވައިފިއެވެ.

ފަހުމީ މިފަދަ ޔަގީންކަމެއް ދެއްވީ ''ދިޔަރެސް'' އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކޮރަޕްޝަނާ ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.

''ހަގީގަތަކީ އަޅުގަނޑުމެންގެ ތެރޭގަ ގަވާއިދުތައް ވެސް އެބަހުރި. އުސޫލުތައް ވެސް އެބަހުރި. ހަމައެކަނި މައްސަލައަކީ އަންނަ މީހެއްގެ އެ ވިސްނުމާ ފިކުރުކުރުން. އެ ކަންތައްތައް ކޮންޓްރޯލު ކުރެވޭނެ ވަޑައިގަންނަވާ މެނޭޖިންގ ޑިރެކްޓަރުކަމަށް އުޅުއްވައިގެން. އެއީ ގަވާއިދުގެ ތެރެއިން ވެސް ހުންނާނެ ކޮރަޕްޝަން ހިންގެން. އެ ތިންތަނުން ކޯޓޭޝަން ހޯދީމަ ނިމުނީ ގިނަ ފަހަރު.''

ފަހުމީ ވިދާޅުވީ ދެލައްކަ ޑޮލަރަށް ލިބޭ އެތި ހަތްލައްކަ ޑޮލަރަށް ގަނެފައި ޑޮކިއުމަންޓް ހަމަކުރީމާ އެއީ ނިމުމެއް ނޫން ކަމަށާއި އެހެންކަމުން އޭނާގެ ވިސްނުމަކީ މިހެން ހުރި ކަންތައްތައް ބަލައި ތަހުގީގުކުރުން ކަމަށެވެ.

''އަޅުގަނޑުމެން ކޮމްޕައިލްކޮށް ރިޕޯޓެއް ތަހުގީގީ އިދާރާތަކަށް ފޮނުވުން. މިސާލަކަށް ފުލުހަށް, އެންޓި ކޮރަޕްޝަން ކޮމިޝަނަށް, އޮޑިޓާ ޖެނެރަލްއަށް.'' ފަހުމީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮރަޕްޝަނެއް ހިނގާފަ އޮޮތިއްޔާ އެ މައްސަލައެއް ބައްލަވާނެ ކަމަށާއި ދޫކޮށެއް ނުލައްވާނެ ކަމަށެވެ. އަދި އެކަމުގައި ވަކި މީހަކަށް ވަކި ކުލައަކަށް ނުބައްލަވާނެ ކަމުގެ ޔަގީންކަން ފަހުމީ ވަނީ ދެއްވައިފައެވެ.

މިދިޔަ ސަރުކާރުގައި ކުންފުނިތަކުން ކޮރަޕްޝަން މެކުހަށް ޖެހިކަމަށް ތުހުމަތުތައް ކުރެވިފައިވާއިރު, އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިނުގެ ކޯލް ސެންޓަރުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ބަޔަކަށް ސްޓެލްކޯއިން ވަނީ ވަޒީފާ ވެސް ދީފައެވެ. އަދި ރައީސް އިބްރާހީމުގެ ކެމްޕެއިނުގައި ފައިސާ ބެހުމަށްޓަކައި ފައިސާ ހިފައިގެން ގިނައިން ދަތުރުކުރީ ސްޓެލްކޯގެ ލޯންޗުތަކުގައި ކަން ވެސް ވަނީ ހާމަވެފައެވެ.
މި ލިއުމާއި ގުޅޭ