Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓްރީޓޮޕް ހޮސްޕިޓަލް

އައިވީއެފްގެ ޚިދުމަތް ފުޅާކުރުމަށްޓަކައި ސަރުކާރުގެ އެއްބާރުލުން ބޭނުންވޭ: ޑރ. އަނީތާ

އިން ވިޓްރޯ ފާޓިލައިޒޭޝަން (އައިވީއެފް)ގެ ޚިދުމަޔް އެންމެ އެދޭ ގޮތެއްގައި ދިނުމަށާއި އެ ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި ސަރުކާރުގެ އެހީ ބޭނުންވާކަމަށް ޓްރީޓޮޕް ހޮސްޕިޓަލުގެ ދަރިމައިވުމާއި އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރު ޑރ. އަނީތާ ގައުރު ވިދާޅުވެއްޖެއެވެ.

މިއަދު ޓްރީޓޮޕް ހޮސްޕިޓަލުގައި އައިވީއެފްއާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ދިނުމަށްޓަކައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރީޓޮޕްގެ ތަޖުރިބާކާރު ޑރ. އަނީތާ ވިދާޅުވީ، އައިވީއެފްގެ ޚިދުމަތް ދިނުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ ފައިސާގެ ދަތިކަން ކަމަށެވެ. ޓްރީޓޮޕް ހޮސްޕިޓަލަކީ ޕްރައިވެޓް ކުންފުންޏެއް ކަމަށް ވުމުގެ ސަބަބުން ފައިސާގެ ދަތިކަމަކީ އައިވީއެފް ފަދަ ބޮޑު ޕްރޮސީޖާއަކަށް ދިމާވާ ދަތިކަމެއް ކަމަށް ޑރ. އަނީތާ ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ފަރާތުން އެފަދަ ޚިދުމަތްތަކަށް އާސަންދަފަދަ އިންޝުއަރެންސްތައް ދެއްވާނަމަ އައިވީއެފްގެ ޚިދުމަތް ދިނުމަށްޓަކައި ފަސޭހަވެގެންދާނެކަމަށް އަނީތާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، މިހާރު އެ ޕްރޮސީޖާ ހެދުމަށްޓަކައި ވެއިޓިންގް ލިސްޓުގައި 150 ޕޭޝަންޓުން ތިބިކަމަށް ޑރ. އަނީތާ ވިދާޅުވިއެވެ. އަދި މީގެ އިިތުރުންވެސް، އައިވީއެފްގެ ޚިދުމަތަށް ބޭރަށް ދިޔުމަށްވުރެއް ރާއްޖޭގައި ހުރެގެން އެ ޚިދުމަތް ހޯދައިފިނަމަ ދަރިމައިވުމަށް އޮންނަ ޕަސެންޓޭޖު އިތުރުކަމަށް މީގެކުރިން އިނގިރޭސި ވިލާތުގައި މަސައްކަތްކުރި ޑރ. އަނީތާ ވިދާޅުވިއެވެ. ސަބަބަކީ، ދަތުރުކުރުމުން 'ސްޓްރެސް'އާއި ކުރިމަތިލާން ޖެހުމުން ދަރިމައިވުމަށް އެތައް ގޮންޖެހުންތަކެއް ކުރިމަތިވާތީކަމަށް ޑރ. އަނީތާ މަޢުލޫމާތުދެއްވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ އަންހެނުންގެ ބަލިތަކާއި ދަރިމައިވުމުގެ ޞިއްހަތުގެ ޑޮކްޓަރު، ޑރ.ޒާކިޔާ އަޙްމަދު ވިދާޅުވީ، އައިވީއެފްގެ ޚިދުމަތައް ޕޭޝަންޓުން ސެލެކްޓު ކުރެވިގެން އެ ޕްރޮސީޖާ އެންމެ ފުރަތަމަ ހެދުނީ ޖުލައި މަހުގައިކަމަށެވެ. 10 ޕޭޝަންޓުންގެ އެމްބްރިއޯ ބަދަލުކުރެވުނު އިރު، އޭގެތެރެއިން 6 ޕޭޝަންޓުންގެ ޕްރޮސީޖާ ކާމިޔާބުވިކަމަށް ޑރ. ޒާކިޔާ ވިދާޅުވިއެވެ.

ދިޔަރެސްއިން ކުރި ސުވާލަށް ޖަވާބުދެއްވަމުން ޑރ. ޒާކިޔާ ވިދާޅުވީ، އައިވީއެފްގެ ޚިދުމަތަކީ އެހެން ޕްރޮސީޖާ ތަކެކޭ އެއްފަދައިން އޭގައި ރިސްކުތަކެއް ހިމެނޭ ޕްރޮސީޖާއެއްކަމަށެވެ. ނަމަވެސް ހަފްތާއެއް ކުރިން ޕޭޝަންޓުން ހޮސްޕިޓަލަށް ހާޒިރުކޮށް ރިސްކުތަކާއި ސައިޑް އިފެކްޓުތައް ކިޔައިދޭކަމަށްވެސް ޑރ. ޒާކިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޓްރީޓޮޕް ހޮސްޕިޓަލުން ގޭގައި ތިބެގެން ފަރުވާތައް ހޯދޭނެ ވަސީލަތްތައް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓާ ޑރ.މްލަޑެން ނަޓޮކް ވިދާޅުވިއެވެ. ކީމޯޑައިލަސިސް ފަދަ ފަރުވާ ކުރުމަށްޓަކައި ހަފްތާއަކު 3 ފަހަރު ހޮސްޕިޓަލަށް އައުމަކީ ފަސޭހަކަމަށް ނުވާއިރު އެހެން ޤައުމުތަކުގައިވެސް ގޭގައި ތިބެގެން އެ ފަރުވާ ހޯދޭއިރު ރާއްޖޭގައި އެހެން ނުވާންވީ ސަބަބެއް ނެތްކަމަށް ޑރ ފާހަގަކުރެއްވިއެވެ. ނަމަވެސް އެކަން ކުރުމަށްޓަކައި ޓެކްނޮލޮޖީއަށް ފަރިތަ މުޖުތަމައުއެއް ބޭނުންވާކަމަށް ޑރ. ނަޓޮކް ފާހަގަކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ