Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

ވޭތުވެދިޔަ ވިއްސަކަށް އަހަރު ތެރޭގައި މާލީ ހާލަތު އެންމެ ދަށްވި ވަގުތަކީ މިއީ: ފަހުމީ

ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި އެންމެ މާލީ ހާލަތު ދަށްވި ވަގުތަކީ މިއީ ކަމަށް ސްޓެލްކޯގެ އާ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

''ދިޔަރެސް'' އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި އެންމެ މާލީ ހާލަތު ދަށްވި ވަގުތަކީ މިއީ ކަމަށާއި މީގެ ފަސް އަހަރުކުރިން ތިބީ ވަރަށް ތަނަވަސްކޮށް ކަމަށެވެ.

އޭރު ކޭޝްފްލޯ ވެސް ހުރި ކަމަށާއި ލިކުއިޑް ކޭޝް ވެސް ހުރި ކަމަށާއި ނަމަވެސް މިއަދު ފައިސާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

'' އަޅުގަނޑުމެންނަށް ލިބެންޖެހޭ ފައިސާ އެބަހުރި. ދައްކަންޖެހޭ ދަރަނިތައް އެބަހުރި. އަޅުގަނޑުމެނގެ އަތުގަ ފައިސާއެއް ނެތޭ މި ދަންނަވަނީ އިންވެސްޓެއް ކުރެވިފައެއް ނެތް. ކެޕިޓަލް އިންވެސްޓްމަންޓެއް ކުރެވިފަކާ ނެތް. ރިކަރަންޓް ޚަރަދަށް ގޮސް ފައިސާ ހުސްވެފަ އެހުރީ. މީ ހަގީގަތަކީ''

މީގެ ފަސް އަހަރުކުރިން ތިބީ 700-800 މުވައްޒަފުން ނަމަވެސް މިއަދު 1559 މުވައްޒަފުން އެބަތިބި ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި ވަގުތީ ގޮތުން މުވައްޒަފުން ނަގާފައި ވެސް އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ އެހެންނަމަވެސް ޒުވާނުން ވަކިކުރުމުގެ ނުވަތަ ކަނބަލުން ވަކިކުރުމުގެ ސިޔާސަތެއް ނެތް ކަމަށާއި ތަންފީޒު ކުރައްވާނީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ކަމަށެވެ.

''އަޅުގަނޑުމެން ވިސްނާނީ ކުންފިނި ރީސްޓްރަކްޗަރ ކުރުމަށް. ރީސްޓްރަކްޗަރ ކުރާއިރު ވެސް އަޅުގަނޑުމެން ބަލާނަން ޒުވާމުން ވަކިނުކޮށްވޭތޯ.'' މުވައްޒަފުން ވަކިނުކޮށް ކުރެވޭނެ ރިސޯސަސްތައް ހުރިކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވަނީ މުވައްޒަފުންގެ މެދުގައި ތަފާތު ކުރުން ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.
މި ލިއުމާއި ގުޅޭ