Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަންޓާ އެއާ

މަންޓާ އެއާއިން ކުޑަހުވަދޫއިން ބެންގަލޫރަށް ސީދާ ދަތުރުތައް ފަށަނީ

ރާއްޖޭގެ އޮޕަރޭޓްކުރާ އަމިއްލަ އެއާލައިން، މަންޓާ އެއާ އިން އިންޑިއާގެ ބެންގަލޫރާއި ދ. ކުޑަހުވަދުއާ ދެމެދު އަންނަ އަހަރު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އެ އެއާލައިނުން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ބެންގަލޫރަށް ސީދާ ދަތުރުތައް ފަށާނީ އަންނަ ޖެނުއަރީން ފެށިގެންނެވެ. މިއީ ދ. އެއާޕޯޓުން ރާއްޖޭން ބޭރަށް ސީދާ ދަތުރުތައް ކުރާ ފުރަތަމަ ފަހަރެވެ.
އެހެންކަމުން، ދ. އެއާޕޯޓާއި ބެންގަލޫރު ސީދާ ދަތުރުތަކުން ގުޅާލުމުން، މާލެއަށް ދަތުރު ކުރުމަށް ފަހު އަލުން ރިސޯޓުތަކަށް ދާން ކުރަން ޖެހޭ ދަތުރުގެ ވަގުތު ސަލާމަތްވާނެކަން އެ އެއާލައިނުން ފާހަގަކުރި އެވެ.
ދަތުރުތަކުގެ ފްލައިޓް ޝެޑިއުލް ފަރުމާކުރާނީ ވަނީ މަންޓާއިން ބުނި ގޮތުގައި ގެސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އެންމެ ދިގު ކުރެވޭނެ ގޮތަށް ބަލައިގެން، ހުރިހާ ފްލައިޓެއް ވެސް ހެނދުނު ރާއްޖެ އައިސް އިންޑިއާއަށް ހަވީރުގެ ވަގުތެއްގައި ފުރާ ގޮތަށެވެ.
މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ ބެންގަލޫރަށް ފަށާ ދަތުރުތަކާ އެކު މަންޓާ އެއާ އިން ރާއްޖޭގައި ދޭ ހިދުމަތް އިތުރަށް ފުޅާވެ، އެ އެއާލައިނަކީ ބައިނަލްއަގުވާމީ ދަތުރުތައް ކުރާ އެއާލައިނަކަށް ވާނެ ކަމަށެވެ.
އެ ދަތުރުތަކާއެކު ބެންގަލޫރާއި ދ. އަތޮޅު ސަރަހައްދުގައި ހުރި ރިސޯޓުތަކަށް އަންނަ ފަތުރުވެރިންނަށް ހާއްސަ ޕެކޭޖުތައް ވެސް ތައާރަފު ކުރާނެ ކަމަށް މަންޓާއިން ބުނެ އެވެ.
މަންޓާއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދޭ އަމިއްލަ އެއް އެއާލައިނެވެ. އެ އެއާލައިނުން ސީޕްލޭން ދަތުރުތަކާއި އެތެރޭގެ އުދުހުންތައް ކުރެ އެވެ.
މި ލިއުމާއި ގުޅޭ