Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިސޯޓު މުވައްޒަފުން

މޫސަގެ ރަހާ ރިސޯޓުން މުވައްޒަފުންނަށް މުސާރަ ނުދޭތާ 4 މަސް!

މަޖިލީހުގެ ކުރީގެ ނައިބު ރައީސް، މޫސާ މަނިކު (ރީކޯ)ގެ އާއިލީ ކުންފުނިން ލ. އަތޮޅުގައި ހިންގާ ރަހާ ރިސޯޓް މޯލްޑްވްސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރައާއި ސާވިސް ޗާޖު ނުދޭތީ އެ ރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ރިސޯޓުގެ މުވައްޒަފަކު "ދިޔަރެސް" އަށް މައުލޫމާތު ދިން ގޮތުގައި ރަހާ ރިސޯޓުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ މުވައްޒަފުންތަކަކަށް މުސާރަ އަދި ސާވިސް ޗާޖު ނުދީ މަސައްކަތް ކުރުވާތާ މިހާރު ހަތަރު މަސް ވެއްޖެ އެވެ.
މުސާރަ ނުދީ އެ ރިސޯޓުގެ މެނޭޖްމަންޓުން މުވައްޒަފުންނަށް ބިރު ދައްކައިގެން މަޖުބޫރުން މަސައްކަތް ކުރަވަމުންދާ ކަމަށާއި، ޕެންޑިން މުސާރަ ނުދީ ބައެއް މީހުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ވެސް އޭނާ ބުންޏެވެ.
ރިސޯޓު މުވައްޒަފުންގެ ހައްގުގައި މަސައްކަތްކުތާ ޖަމިއްޔާ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ވަނީ އެ މައްސަލަ ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހަޅާފަ އެވެ.
ރަހާ ރިސޯޓުގެ މުވައްޒަފުންނަށް މުސާރަ ނުދީ މަސައްކަތް ކުރުވާ މައްސަލަތަކެއް މި އަހަރުގެ ކުރީކޮޅު ވެސް ފެންމަތިވި އެވެ. މި އަހަރު ފެށުން އިރު ބައެއް މުވައްޒަފުންނަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މުސާރަތައް ނުދީ އޮތެވެ.
އެފަހަރު ވެސް މުސާރަ ނުލިބި ލަސްވީ މުސާރަ ދޭނެ ފައިސާ ނެތިގެން ކަމަށް މެނޭޖްމަންޓާ ހަވާލާދީ އެތަނުގެ މުވައްޒަފަކު ބުންޏެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ހުޅުވި ރަހާ ރިސޯޓުން ދައުލަތަށް ކުއްޔާއި، ކުލި ނުދެއްކުމުގެ ޖޫރިމަނާގެ ގޮތުގައި 43 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތްކަން 2022 ވަނަ އަހަރު ވަނީ ހާމަވެފަ އެވެ.
މިފަދަ ގިނަ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް ވާދަކުރައްވަން މުސާ މަނިކު ވަނީ ނިންމަވާފައިވާ ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އޭނާއަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވަރަށް އަރިސް ބޭފުޅެކެވެ.
މި ލިއުމާއި ގުޅޭ