Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހެންރީ ކިސިންޖާ

ހަނގުރާމައިގެ ޖަރީމާތަކުގެ ތުހުމަތުވާ ހެންރީ ކިސިންޖާ މަރުވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް ރިޗާޑް ނިކްސަންގެ ސެކްރެޓަރީ އޮފް ސްޓޭޓުގެ ގޮތުގައި މަސައްކަތްކުރެއްވުމަށްފަހު އެ ޤައުމުގެ ޚާރިޖީ ސިޔާސަތުގެ ދާއިރާގައި އެންމެ ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ހެންރީ ކިސިންޖާ އުމުރުފުޅުން 100 އަހަރުގައި އަވަހާރަވެއްޖެއެވެ.

ކިސިންޖާ އުފެއްދެވި ކޮންސަލްޓިން ކުންފުނި ކިސިންޖާ އެސޯސިއޭޓްސްއިން ބުދަދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ކިސިންޖާ އަވަހާރަވިކަން އިއުލާނުކުރި ނަމަވެސް އޭނާ އަވަހާރަވީ ކިހިނެއްކަން ބަޔާންކޮށްފައިނުވެއެވެ.

އޭނާގެ އެތައް ދަހަރެއްވީ ކެރިއަރުގައި އެމެރިކާގެ ވަރަަށް ގިނަ ރައީސުންނަށް މަޝްވަރާއާ ލަފާދެއްވި ކިސިންޖާއަކީ ވިއެޓްނާމު ހަނގުރާމަ ނިމުމަކަށް ގެނައުމުގައި އަދާކުރެއްވި ދައުރަށް ނޯބަލް ޞުލްޙައިގެ އިނާމުވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ.

އެހެންނަމަވެސް އޭނާއާމެދު ގިނަ ބަޔަކު ދެކެނީ އިންސާނީ ހައްގުތަކަށް ނުބައްލަވައި ކޮންމެ އަގެއް އަދާކުރައްވައިގެންވެސް އެމެރިކާގެ ވިޔަފާރި މަސްލަހަތުތައް ހިމާޔަތްކުރެއްވުމަށް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި އޭނާއަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

ކިސިންޖާ، އިންޑޮނޭޝިޔާގެ ކުރީގެ ޚުދުމުޚުތާރު ވެރިޔާ ސުހާޓޯ އީސްޓް ޓިމޯ ހިފުމަށް ތާއީދުކުރައްވައި، ދެކުނު އެފުރިކާގެ އަޕާތައިޑު ނިޒާމު ދެމެހެއްޓުމަށް އެހީތެރިވެވަޑައިގެން، ޑިމޮކްރެޓިކް އުސޫލުތަކުން އިންތިޚާބުވެވަޑައިގެންނެވި ޗިލީގެ ރައީސް މަޤާމުން ދުރުކުރުމަށް ސީއައިއޭއާއެކު ރޭވުންތައް ރޭއްވެވިއެވެ.

1968 ވަނަ ނިކްސަންއަށް އެމެރިކާގެ ރައީސްގެ މަޤާމު ލިބިވަޑައިގަތުމުގެ ކުރިން ކިސިންޖާ މަސައްކަތްކުރެއްވީ އެ ޤައުމުގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީ ކަމަށްވާ ހަވާޑް ޔުނިވާސިޓީގައި އެކަޑެމިކް ބޭފުޅެއްގެ ގޮތުގައެވެ.

ނިކްސަންއާއެކު ގާތް ގުޅުމެއް ބޭއްވެވި އަދި އޭނާގެ މުހިއްމު ނިންމުންތައް ނިންމެވުމުގައި ނުފޫޒު ބޮޑު ކިސިންޖާއަކީ 1969 ވަނަ އަހަރުން 1970 ވަނަ އަހަރަށް ސިއްރިއްޔާތުގައި ކެމްބޯޑިއާއަށް އެމެރިކާއިން ބޮން އެޅުމުގެ ފަހަތުގައިވެސް ހުންނެވި ބޭފުޅާއެވެ.

ކިސިންޖާވަނީ ނިކްސަންގެ ސަރުކާރުގައި ހިނގި ވޯޓާގޭޓު ސްކޭންޑަލްއިން ސަލާމަތްވެވަޑައިގެން ޖެރާލްޑް ފޯޑުގެ ވެރިކަމުގައި އޭނާގެ ކެބިނެޓުގައި 1976 ވަނަ އަހަރު ޖިމީ ކާޓާގެ ވެރިކަން ފެށުމާ ހަމައަށް ޚިދުމަތްކުރައްވާފައެވެ.

އޭގެ ފަހުން ރަސްމީކޮށް އެމެރިކާގެ ސަރުކާރުގައި ކިސިންޖާ މަސައްކަތްނުކުރައްވައެވެ. ނަމަވެސް އޭނާގެ ކޮންސަލްޓެންސީ ފާމް މެދުވެރިކޮށް ކިސިންޖާވަނީ އެމެރިކާގެ އެކި ރައީސުންނަށް ލަފާދެއްވާފައެވެ. އެގޮތުން ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި އެމެރިކާއިން ޢިރާޤަށް އެރި އެރުމަށްވެސް އޭނާ ތާއީދުކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ