Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްޓެލްކޯ

މާލޭ ސަރަަހައްދުން ކަރަންޓު ކެނޑޭވަރު މަދުކުރަން ސްޓެލްކޯގެ ޕްރޮޖެކްޓެއް

މާލޭ ސަރަހައްދުން ކަރަންޓު ކެނޑޭ މިިިންވަރު މިހާރަށްވުރެ މަދުކޮށް، ކަރަންޓު ވިއުގަ އިތުރަށް ވަރުގަދަ ކުރުމަށް ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް ސްޓެލްކޯއިން ނިންމައިފި އެވެ.
އެ ކުންފުނިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގްރޭޓާމާލޭ މާލޭ ސަރަހައްދުގެ ޕަވާ ސެކިއުރިޓީ ކަށަވަރު ކުރުމަށްޓަކައި، ސިކްސްތް ޕަވާ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި ފެއްޓެވުމަށް އެމްޑީ ހުސައިން ފަހުމީ ނިންމަވާފައިވާ ކަމަށެވެ.
މިދިޔަ އަންގާރަ ދުވަހު މަގާމާ ހަވާލުވެވަޑައިގެންނެވި ސްޓެލްކޯގެ އާ އެމްޑީ ފަހުމީ މިގޮތަށް ނިންމެވީ، ހުޅުމާލޭގެ ޕަވާ ޖެނެރޭޝަންގެ މަސައްކަތުގައި އުޅުއްވާ މުވައްޒަފުންނާއެކު އިއްޔެ ބޭއްވެވި ބައްދަލުވުންތަކެއްގަ އެވެ.
އެ ބައްދަލުވުންތަކުގައި، ސްޓެލްކޯއަކީ ޓެކްނިކަލް ކުންފުންޏަކަށްވުމާއެކު، އެ މުވައްޒަފުންގެ ދައުރު ކުންފުނި ހިންގެވުމުގައި ފާހަގަ ކުރައްވައި، ކަންކަމުގައި މުވައްޒަފުންގެ ލަފާ ހޯއްދަވާނެ ކަމަށް ވިދާޅުވި އެވެ.
މިހާރު ވެސް މަދުން ނަމަވެސް މާލެ ސަރަހައްދުން ކަރަންޓު ކެނޑެ އެވެ. އެ މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން ޕްރޮޖެކްޓެއް ފަށަން ނިންމާފައިވާއިރު، ގޭބީސީތަކުގެ ކަރަންޓު ހަރަދު ކުޑަކުރުމަށް އާ ސަރުކާރުގެ އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ގޭބީސީތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ ޕްރޮގްރާމެއް ލޯންޗުކޮށްފަ އެވެ.
މި ލިއުމާއި ގުޅޭ