Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްޒާ

ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް އެހީ ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި: ރެޑް ކްރެސެންޓް

ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކަށް އެހީ ފޯރުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ފަލަސްތީނު ރެޑް ކްރެސެންޓުން ބުނެފިއެވެ.
ފަލަސްތީނު ރެޑް ކްރެސެންޓުން ބުނީ މިސްރާއި ޣައްޒާއާ ދެމެދު އޮންނަ ރަފާ ބޯޑަރު ކްރޮސިންގައި މިސްރުގެ އެހީގެ ޓްރަކްތައް އަންލޯޑް ކުރުމަށް ފަހު ފަލަސްތީނުގެ ޓްރަކްތަކަށް އަލުން ސަޕްލައި ލޯޑް ކުރަން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.
ރެޑް ކްރެސެންޓުން ބުނީ އިސްރާއީލުން ދީފައިވަނީ މި ކްރޮސިންގައި އެއްފަހަރާ ވަކި އަދަދެއްގެ އުޅަނދު ދުއްވުމުގެ ހުއްދަ ކަމަށާއި އެހެންކަމުން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އެހެނިހެން އިދާރާތަކަށް ކަނޑައަޅާފައިވާ ޓްރަކްތައް އަންލޯޑްކޮށް ބޭރަށް ގެންދަން ދެން އިންތިޒާރު ކުރަން ޖެހޭނެ ކަމަށެވެ.
"މި މަރުހަލާ ދިގުކަމަށާއި ލަސްވުމުގެ ސަބަބުން މުވައްޒަފުންނާއި ވޮލަންޓިއަރުންނަށް އުތުރުގައި ދަތުރުފަތުރާއި އަންލޯޑް ކުރުމުގެ މަސައްކަތް ނިންމައި، އާ ޓްރަކްތަކުގެ މަސައްކަތަށް އެނބުރި ދިއުމަށް ފަތިސްވަންދެން މަސައްކަތް ކުރަން މަޖުބޫރުވެދާނެ،" ރެޑްކްރެސެންޓުން ނެރުނު ބަޔާނުގައި ވެ އެވެ.
އެ އެޖެންސީން ބުނީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އުތުރުގެ ސަރަހައްދަށް 233 ޓްރަކް ޑެލިވަރީ ކޮށްދީފައިވާ ކަމަށާއި ނަމަވެސް އެ ޓްރަކްތަކުގައި ތެޔޮ ހިމަނާފައި ނުވާ ކަމަށެވެ.
އިސްރާއީލުން ހިފާފައިވާ ސަރަހައްދުގެ އުތުރުގައި ތިބި ފަލަސްތީނުގެ ގާތްގަނޑަކަށް ފަސް ލައްކައެއްހާ މީހުންނަށް އިތުރު އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ޕީއާރުސީއެސް އިން ބުނެފައިވާއިރު، އިތުރު އެހީތައް ވަނުމަށް މަގުފަހިކޮށްދިނުމަށާއި "އެހެނިހެން ކްރޮސިން ޕޮއިންޓްތައް ހުޅުވުމަށް" ބައިނަލްއަގުވާމީ މުޖުތަމައުއަށް އެ ޖަމާޢަތުން ވަނީ ގޮވާލާފައެވެ.
މި ލިއުމާއި ގުޅޭ