Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އޭސީސީއިން ކުރަނީ ސިޔާސީ ކުލަޖެހިފައިވާ ތުހުމަތުތަކެއް: އަކުރަމް

އެންޓިކޮރަޕްޝަން ކޮމިޝަނުން ކުރަނީ ސިޔާސީ ކުލަ ޖެހިފައިވާ ތުހުމަތެއް ކަމަށް ނިމިދިޔަ ސަރުކާރުގެ ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އަކުރަމް މިހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

ގެދޮރުވެރިޔާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއަށް އޭސީސީން ވަދެ އެކަންތައް ހުއްޓުވާފައި އޮތުމާއި ގުޅިގެން އަކުރަމް ވިދާޅުވީ ޝަރުތުހަމަ ނުވާ ފަރާތަކަށް ގިނައިން ޕޮއިންޓް ދީގެން ޝަރުތުހަމައެއް ނުކުރެވޭނެ ކަމަށާއި އޭސީސީން ކުރައްވާ ތުހުމަތުތަކަކީ ސިޔާސީ ކުލަޖެހިފައިވާ ތުހުމަތެއް ކަމަށެވެ. އަދި އެކަން ރަގަޅަށް ތަހުޤީގު ނުކުރައްވާ އެހެން ހާމަކުރެއްވުމަކީ ސިޔާސީ ކުލަޖެހުން ކަމުގައި އެނާ ވަނީ ވިދާޅުވެފައެވެ.

އޭސީސީން މާލޭގައި ދިރިނޫޅޭ ފަރާތްތަކަށް ފްލެޓު ދިން ކަމަށް ބުނާއިރު، އަކްރަމް ވިދާޅުވީ ކޮންމެ ތަނެއްގައި ވަޒީފާ އަދާ ކުރިނަމަވެސް، އަނބިދަރިން މާލޭގައި ދިރިއުޅޭނަމަ ޝަރުތުހަމަވާނެ ކަމަށެވެ. އަދި އޭސީސީއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް އަކްރަމް ތުހުމަތު ކުރައްވައެވެ.

މީގެ އިތުރުން ސިސްޓަމް ސްކޯ އަކާ ވެރިފިކޭޝަން ސްކޯއެއް ނީންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސިސްޓަމުން ދައްކަނީ އެޕްލިކަންޓް ނަގާފައިން އޮޕްޝަން ކަމަށާއި ވެރިފަޔަރ ޑިސައިޑް ކުރަނީ ފޯމުގަ ދީފަހުރި މައުލޫމާތައްބަލައި އޮޕްޝަން ނަގާފަ އިނީ ރަނގަޅަށްތޯ ކަމަށް އަކުރަމް ވިދާޅުވިއެވެ. ރަނގަޅު ނޫންނަމަ ފޯމުގެ މައުލޫމާތައް ބަލައި ވެރިފަޔަރ އޮޕްޝަން ޑިސައިޑްކުރާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އޭސީސީން މިއަދު މަޖިލީހުގައި ވިދާޅުވީ، މިޝްރޫޢުގެ ޕޮއިންޓް ދިނުމުގެ ކަންކަން ހިނގާފައިވާ ގޮތާއި ގުޅިގެން 325 މައްސަލައް އޭސީސީއަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކުން ގިނަ ކަންކަން ފާހަގަވެގެން އެ މަސައްކަތް ހުއްޓާލުމަށް އެންގީ ކަމަށް އޭސީސީން ވިދާޅުވެއެވެ.
މި ލިއުމާއި ގުޅޭ