Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އެހެން މަޤާމަކަށް އައްޔަން ކުރުމަށްޓަކައި މުޣުނީ ޕީސީބީ ބޯޑުގައި ނުހިމަނަން ނިންމައިފި

ދައުލަތުގެ އެހެން މަޤާމަކަށް އައްޔަން ކުރުމަށްޓަކައި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ހަސަން މުޣުނީ ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ މެމްބަރަކަށް ނުނަގަން ސަރުކާރުން ނިންމައިފި އެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި ޕީސީބީގެ ބޯޑަށް އައްޔަން ކުރުމަށް ހުށަހެޅި މެންބަރުންގެ ލިސްޓުން މުޣުނީގެ ނަން މިވަނީ އުނިކޮށްފައެވެ. އެގޮތަށް ނިންމީ ދައުލަތުގެ އެހެން މަޤާމަކަށް މުޣުނީ އައްޔަން ކުރަން ނިންމާފައިވާތީއެވެ. އަދި އެކަމާ ގުޅޭ އިތުރު ތަފުސީލު ފަހުން އާންމުކުރައްވާނެ ކަމަށް ހަލީލް ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީސީބީ އަށް މުޣުނީ އައްޔަންކުރަން ނިންމެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ނަމަވެސް، ޕީސީބީން މިއަދު ހިއްސާކުރި އާ ބޯޑު މެމްބަރުންގެ ލިސްޓުގައި އޭނާގެ ނަމެއް ނެތެވެ.

މުޣުނީއަކީ ރައީސް ސޯލިހުގެ ސަރުކާރުގައި އިސް މަޤާމުތަކެއް އަދާކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ކެމްޕޭން ތެރޭގައި މުޣުނީ ވަނީ ރައިސް މުއިއްޒަށް ތާއީދުކުރަން ނިންމާފައެވެ.

މުޣުނީ ވަނީ އެމެރިކާގެ ބްރޭންޑައިސް އިންޓަނޭޝަނަލް ބިޒްނަސް ސްކޫލުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވައިފަ އެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓަކޮށް، އިވެލުއޭޓްކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕީސީބީގެ ބޯޑުގައި ރައީސް އާއި ނައިބު ރައީސް ހިމެނޭ ގޮތަށް ހަތް މެމްބަރުން ތިއްބަވަ އެވެ.
މި ލިއުމާއި ގުޅޭ